ދިހަ ރަށެއްގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަން ޖޫން މަހު ބޭއްވުމަށް ނިނމައިފި އެވެ.
އިލެކްޝަނުން ހުޅުވާލި ދާއިރާތަކަކީ ހދ. ފިނޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ށ. މާއުނގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ރ. މީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އެވެ. އަދި ކ. ދިއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، މ. ވޭވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އެވެ.
މީގެ އިތުރުން ފ. ބިލެތްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ތ. ގާދިއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ލ. މާމެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ގދ. ހޯނޑެއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ގދ. ވާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އެވެ.
އެ ކޮމިޝަނުން ބުނީ މި 10 ރަށުގެ ބާއްވާ އަންހެނުންގެ ކޮމެޓީގެ ބައި އިލެކްޝަންތައް ބާއްވާނީ ޖޫން މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބު ކުރަންޖެހޭ މަގާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، 2023 އެޕްރީލު 03 ވާ ހޯމަ ދުވަހުގެ 09:30ން ފެށިގެން، 2023 އެޕްރީލު 18 ވާ އަންގާރަ ދުވަހުގެ 13:00ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
ޤާނޫނުގައި ކުރިން އޮތްގޮތުން އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހުނަސް، ޤާނޫނަށް މިހާރު ގެނެސްފައިވާ ބަދަލާއިއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބެއް ބާއްވަން ޖެހޭނީ 365 ދުވަހުގެ ތެރޭގަ އެވެ.