English Edition
Dhivehi Edition

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ފިއޮރެންޓީނާ އަތުން އިންޓަ މިލާން ބަލިވިއިރު، ވެރޯނާ އަތުން، ޔުވެންޓަސް މޮޅުވެއްޖެ އެވެ.

އިންޓައިން އަމިއްލަ ދަނޑުގައި ފިއޮރެންޓީނާ އަތުން ބަލިވީ 0-1 ގެ ނަތީޖާއިންނެވެ. އަދި އަމިއްލަ ދަނޑުގައި ވެރޯނާ އަތުން ޔުވެންޓަސް މޮޅުވެފައިވަނީ 0-1 އިންނެވެ.

އިންޓަ ދަނޑުގައި ފިއޮރެންތީނާ އާއި ދެކޮޅަށް ރޭ ކުޅުނު މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 53 ވަނަ މިނިޓްގައި ފިއޮރެންޓީނާ އަށް ޖަހައިދިނީ މިޑްފީލްޑަރު ޖިއަކޯމޯ ބޮއެނަވެންޗޫރާ އެވެ. މި މެޗުގައި އިންޓަ އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ.

ވެރޯނާގެ މައްޗަށް ޔުވެންޓަސް އަށް ވެސް ކުރި ހޯދުނީ ވަރަށް ހަނި މޮޅަކުންނެވެ. މި މެޗުގައި ގޯލު ޖަހާނެ ގިނަ ހުސް ފުރުސަތުތަކެއް ޔުވެންޓަސް އަށް ވެސް ލިބުނެވެ. ނަމަވެސް ލިބުނު ގިން ހުސް ފުރުސަތުތައް ބޭކާރުވެ، ހަމައެކަނި ގޯލު ޖަހައިދިނީ ދެ ވަނަ ހާފުގައި މޮއިސް ކީން އެވެ. މޮއިސް ކީންގެ މި ގޯލު އޭނާ ޖެހީ މެނުއަލް ލޮކަޓެއްލީގެ އެހިތެރިކަމާއި އެކުގަ އެވެ.

ރޭގެ މި ނަތީޖާތަކާއި އެކު ތިން ވަނައިގައި އޮތް އިންޓަ އަށް 28 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސް އޮތީ ކުޅުނު 28 މެޗުން 44 ޕޮއިންޓާއި އެކު ތާވަލްގެ ހަތްވަނާގައެވެ.