English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫ ސްކޫލުގެ ބިދޭސީ ޓީޗަރަކު އެ ސްކޫލްގެ ދަރިވަރުންތަކަކާއި ބަދަ އަހްލާގީ އަމަލު ހިންގަން އުޅުނުކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ

އޭއޯ ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޓީޗަރާއި މެދު ތުހުމަތު ކުރެވިފައިވަނީ ޓިއުޝަނަށް ކުދިން ގެންގޮސް ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތެވެ. މި މައްސަލައާއި ގުޅިގެން ހުޅުދޫ ރައްޔަތުންގެ ތެރެއިން ބަޔަކު ނިކުމެ އެ ޓީޗަރަށް އަނިޔާކޮށްފައިވާއިރު، ލިބުނު އަނިޔާތަކަށް ޓީޗަރަށްވަނީ ފަރުވާދީފައެވެ

މިކަމާއި ގުޅިގެން ފުލުހުންގެ ފަރާތުން އެއްވެސް މައުލޫމާތެއް އަދި ލިބިފައިނުވާއިރު ސްކޫލުންވެސް މިކަމާއި ބެހޭ ގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ

އެޓީޗަރަކީ ހުޅުދޫ ސްކޫލުގައި ކިޔަވައިދެމުންދާތާ ތިން އަހަރު ވެފައިވާ ޓީޗަރެކެވެ