English Edition
Dhivehi Edition

އިނިގިރޭސި ވިލާތުގެ މަޝްޙޫރު ވިޔަފާރިވެރިޔާ އަދި މިލިއަނަރު އެލްފްރެޑް ވިލިއަމް ބެސްޓް، މަޝްޙޫރު ނަމުންނަމަ އަލްފީ ބެސްޓް ޖޭއާރު އިސްލާމްވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ މިލިއަނަރުންގެ ލިސްޓުގައި ގުނާލެވޭ މަޝްޙޫރު ވިޔަފާރިވެރިޔާ އެލްފީ ބެސްޓް އިސްލާމް ދީން ޤަބޫލުކުރީ އޭނާ ކުރިން ޤަބޫލުކުރި ކްރިސްޓިއަން ދީން ދޫކޮށް ލުމަށް ފަހުގައެވެ.

މިކަން އަލްފީ ބެސްޓް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ. އިސްލާމް ދީން ޤަބޫލުކުރުމަށް ފަހު އިސްލާމީ ވަންތަ ހެދުން އަޅައިގެން ހުރެ މިސްކިތެއްގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް އަލްފީ ބެސްޓް ވަނީ އޭނާގެ އިންސްޓްގްރާމު މެދުވެރިކޮށް އާންމުކޮށްފައެވެ.

އިނިގިރެސި ވިލާތަށް އުފަން އަލްފީ ބެސްޓް ކިޔެވުން ހުއްޓާލުމަށް ފަހު ވިޔަފާރީގެ ދާއިރާއަށް ނުކުތީ އޭނާގެ ބައްޕަޔާއި އެކު އޭނާގެ އުމުރުން އެންމެ 12 އަހަރުގައެވެ. ފަގީރު އާއިލާއަކަށް އުފަން އަލްފީ ބެސްޓް އިސްލާމްދީނަށް ވަތްއިރު، އޭނާގެ އާއިލާގެ ދެން ތިބީ ހައްތާވެސް ކްރިސްޓިއަން ދީން ޤަބޫލުކޮށްގެން ތިބި މީހުންނެވެ.

މޮބައިލް ހޯމް ޕާކް އެމްޕަޔަރެއްގެ ބާނީ އަލްފީ ބެސްޓް ސީނިއާގެ ދަރިފުޅު އުމުރުން 25 އަހަރުގެ އަލްފީ ޖޫނިއާގެ ވިޔަފާރީގެ ވޯތް އަކީ 700 މިލިއަން ޕައުންޑް ކަމަށް ސަންޑޭ ޓައިމްސް ރިޗް ލިސްޓުން ރިޕޯޓްކޮށްފައިވެ އެވެ.