English Edition
Dhivehi Edition

ސްރީލަންކަން އެއާލައިންއިން އައްޑޫސިޓީ ގަމަށް 4.4 ޓަނުގެ މުދާ އެތެރެކޮށްފި އެވެ.

ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފިރާގާއި ހަވާލާދީ ރާއްޖޭގެ ބައެއް މީޑިއާގައި ބުނެފައިވަނީ މި މުދާ އެތެރެކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި މިއީ ސްރީލަންކަން އިން ގަމަށް އެންމެ ގިނަ މުދާ ގެނައި ދުވަސް ކަމަށެވެ.

އައްޑޫއަށް މުދާއެތެރެކޮށްފައިވަނީ 80 ފަސެންޖަރުންނާ އެކު ސްރީލަންކަން އެއަރލައިންގެ A320 މަތިންދާ ބޯޓުގައި ކަމަށް ވެސް މީޑިއާގައި ވަނީ ބުނެފަ އެވެ.

އައްޑޫ ސިޓީ ގަމާއި ލަންކާގެ ކޮލަމްބޯއާ ދެމެދު ދަތުރުކުރަމުން އަންނަ، ސްރީލަންކަން އެއަރލައިންއަކީ އައްޑޫއަށް ދަތުރުތައް ކުރަމުން އަންނަ ހަމައެކަނި ބައިނަލްއަގުވާމީ އެއަރލައިންއެވެ.

ސްރީލަންކަން އިން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ގަމަށް ދަތުރުތައް ފެށީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ.

ދަތުރުތައް ފެށިއިރު ހަފްތާއަކު އެންމެ ފްލައިޓެއް ބާއްވަމުން އައިނަމަވެސް އައްޑޫ އާއި ލަންކާ ދެމެދު ކުރެވޭ ދަތުރުތަކަށް އާންމުންގެ ފަރާތުން ބޮޑު ޑިމާންޑެއް ލިބެމުންދާތީ، ދަތުރުތައް ގަމަށް ކުރަނީ ކޮންމެ ހޮނިހިރު، އަންގާރަ އަދި ބުރާސްފަތި ދުވަހަކު އެވެ.

ފްލައި ދުބާއީގެ ދަތުރުތައް މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅަށް ފަށަން މިޙާރުވަނީ ތައްޔާރުވެފަ އެވެ.