English Edition
Dhivehi Edition

ބީއެމްއެލް އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލް އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން، ކަސްޓަމަރުން ކުރާ މުއާމަލާތްތަކަށް އަނބުރާ ފައިސާ ލިބުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެމެރިކަން އެކްސްޕްރެސް ކާޑުތަކުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް މި ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިކުރެވޭނެ އެވެ. މިގޮތުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ 10 ކަސްޓަމަރުންނަށް، އެ ކަސްޓަމަރުންކުރި މުއާމަލާތުގެ އަދަދު އަނބުރާ ލިބޭނެ އެވެ.

މި ޕްރޮމޯޝަން އޭޕްރިލް 2023 ގެ ނިޔަލަށް ކުރިޔަށްދާނެ އެވެ.

325،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،900 އަށް ވުރެ ގިނަ މާރޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް، އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެ އެވެ.