English Edition
Dhivehi Edition
އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ. ރޯދަ މަހުގެ 4 ވަނަ ދުވަހަށް ޚާއްޞަކޮށްގެން މިގެނެސްދެނީ ވެނީލާ ޖެލީ ޕުޑިން ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި
100 ގ. ކޯންފްލަރ
700 އެމް .އެލް ދިޔާކިރު
1/2 ޖޯޑު ކޮށާފައި ހުރި ކަޖޫނަޓް
150 ގ.ހަކުރު
1 ޖޯޑު ހިކިމޭބިސްކަދުރު
2 ޖޯޑު ނެސްލޭ ކްރީމް
1 ޖޯޑު ގެރިކިރު
1 ސައި ސަމުސާ ވެނީލާ އެސެންސް
3 ޖޯޑު ކޮށާފައި ހުރި ޖެލީ
ތައްޔާރު ކުރާނެ ގޮތް
ދިޔާ ކިރާއި ކޯންފްލަރ އެއްކޮށް ގިރާފައި އުނދުން މައްޗަށް އުދާލާށެވެ.
މަޑުގިނީގައި ދޭފަތުން ހަލަމުން ކައްކާށެވެ.
ހަކުރު ކޮޅު ވެސް އެއްކޮށްލާށެވެ.
ހިކިމޭބިސްކަދުރު ކޮޅުވެސް އެއްކޮށްލާށެވެ.
ރޯފިލުމުން އެސެންސް އެއްކޮށްލާށެވެ.
ގެރިކިރާއި ޖެލީ ގެ ދެބައި ކުޅަ އެއްބަޔާއި އަދި ކްރީމް އެއްކޮށްފައި އުނދުން މަތިން ބާލާށެވެ.
ތަށީގައި ބާކީހުރި ޖެލީ ފަތުރާފައި ކެއްކި ކްރީމް މަތީގައި އަތުރާފައި މައްޗަށް ވެސް ޖެލީ ކޮޅެއް ބުރުވާލާށެވެ.
ފްރިޖުގައ ބަހައްޓައިގެން ފިނިކޮށްލާށެވެ.
މި ޑެޒަރޓް ވެސް ތަފާތު ގޮތްގޮތަށް ތައްޔާރު ކުރެއެވެ.