English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޮކޭޑަށް ހުރަސް އެޅި މައްސަލައިގާ 5 ވަނަ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގާ އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 54 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދަށް 5 ދުވަސް މިހާރުވަނީ ޖަހާފަ އެވެ.

އެ މައްސަލއިގާ މީގެ ކުރިން 4 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ރައީސް ސޯލިހުގެ މޮޓޯކެޑަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސްއަޅާ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ތަހުގީގު އެންއައިސީން ފަށާފައިވާއިރު އެމްއެންޑީއެފުންވެސް އަންނަނީ މިކަން ތަހްގީގު ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ
ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާއި ގުޅިގެން ހިނގާދިޔަ ކަންކަން ބެލުމަށް ޤައުމީ ދިފާޢީ ބާރުން ވަނީ ޚާއްޞަ ކޮމެޓީއެއް އެކުލަވާލާފައިވާލާފައެވެ.