English Edition
Dhivehi Edition

މަރަދޫ ޑީސީ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ޕީއެސް4 މުބާރާތުގެ ގުރޫޕް ސީ އެއްވަނަ އަފްސަހް ސަފީއު ހޯދައިފިއެވެ. އަފްސަހް ، ގުރޫޕް ސީގެ އެއްވަނަ ހޯދާފައި ވަނީ މި ގުރޫޕްގައި ވާދަ ކުރި މޫސާ އަމީން 3-1 ލަނޑުން ބަލިކޮށް އަދި މި ގުރޫޕްގައި ވާދަ ކުރި އިބްރާހިމް ހުސެއިން ވެސް 1-0 ލަނޑުން ބަލިކޮށްގެންނެވެ. މިގުރޫޕްގައި ދެވަނަ އަށް ވާދަ ކޮށްފައި ވަނީ އިބްރާޙިމް ހުސައިން އަދި މުސާ އަމީނެވެ. މި މެޗު 1-0 ލަނޑުން ކާމިޔާބުކޮށްފައި ވަނީ އަމީނެވެ. މި ނަތީޖާ ދައްކާ ގޮތުން ގަދަ 16 ކަށަވަރު ކޮށްފައިވަނީ އަމީން އަދި އަޕްސާހްއެވެ. މިއަދުވެސް މިމުބާރާތުގެ ތިން މެޗު ކުޅުމައް ހަމަޖެހިފައިވެއެވެ. މިގޮތުން ގުރޫޕް ޑީގެ ފުރަތަމަ މެޗުގައި ޒިދާން އާއި އަބާން ބައްދަލު ކުރާއިރު ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޒިދާން އަދި ޝަމީންއެވެ. ތިންވަނަ މެޗުގައި ބައްދަލުކުރާނީ ޝަމީންއާއި އަބާންއެވެ.