English Edition
Dhivehi Edition
މިހާރު ފޮޓޯ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީއަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު މިއަދު އައްޔަންކޮށްފި އެވެ.

އެ މަޤާމަށް އިލްހާމް އަޙުމަދު ހަމަޖެއްސީ މިއަދު މެންދުރު ފަހު ބޭއްވި ޖޭޕީގެ ކައުންސިލު ބައްދަލުވުމުގަ އެވެ. ސްޕެޝަލް އެންވޯއީގެ މަގާމަށް އިލްހާމް ހަމަޖެއްސުމާ އެކު، ކުރިން އޭނާ ހުންނެވި ގާސިމްގެ އެޑްވައިޒަރުގެ މަގާމުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މިކަން ހާމަކުރަމުން ޖޭޕީން ބުނެފައިވަނީ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އިލްހާމް އަހްމަދު، ސްޕެޝަލް އެންވޯއީ ކަމުގެ މަގާމަށް މިއަދު ޖޭޕީގެ ލީޑަރު އައްޔަނުކުރައްވާފައިވާކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ސްޕެޝަލް އެންވޯއީގެ މަގާމަށް އިލްހާމް އައްޔަނުކުރައްވާފައިވާއިރު، އިލްހާމްއަކީ ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ދެ ދައުރުގައި މެމްބަރުކަން ކުރެއްވި ފަރާތެކެވެ. މީގެ އިތުރުން އޭނާ ވަނީ ޑީއާރުޕީ، ޕީޕީއެމް، ޖޭޕީގެ ނައިބު ލީޑަރުކަން ވެސް ކުރައްވާފައެވެ. އޭގެ އިތުރުން އެފްއޭއެމްގެ ރައީސްކަން ވެސް އިލްހާމް ވަނީ ކުރައްވާފައެވެ.

1 ކޮމެންޓް
ބޯހަލާކު
މާޗް 21, 2023
މީހާގެ އަނގަ ހަޑިވުމަކީ ކޮންމެހެން ދަތް ނުއުގުޅާ ހުރުމެއް ނޫން. ބަސްމަގު ހުތުރުވެފަ މީހުނަށް މަލާމާތްކޮށް ފުރައްސާރަކުރުމުގައި މަތީ ވަނައެއް މިބޭފުޅާވަނީ ހާސިލުކޮށްފަ.