English Edition
Dhivehi Edition

އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީގެ އެއްބަސްވުން އައުކުރުމާއި މެދު އަލުން ވިސްނަން ޖެހިފައިވާ ކަމަށް ޕީއެސްޖީން ބުނެފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޕީއެސްޖީ ކެޓުމާއި ގުޅިގެން މެސީގެ އެއްބަސްވުން އަލުން އުކުރުމާއި މެދު ކުރިން ވިސްނި ވިސްނުން ބަދަލުކުރަން ޖެހިފައިވާ ކަމަށް ޕީއެސްޖީން ބުނެފައިވާއިރު، މެސީ ޕީއެސްޖީގައި މަޑުކުރާނެ ކަމާއި މެދުވެސް ވަނީ ސުވާލު އުފެދިފައެވެ. އެގޮތުން މި ސީޒަނަށް ފަހު މެސީ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާއަށް އެނބުރިދާން އުޅޭކަމުގެ ވާހަކަތަކެއް ވެސް ވަނީ މީޑިއާގައި ފެންމަތިވެފައެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން މި ސީޒަނަށް ފަހު މެސީ ޕީއެސްޖީގައި މަޑުނުކުރާނެއެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން މެސީ ސައުދީ އަރަބިއާ ލީގުގެ އަލް ޚިލާލްއަށް ބަދަލުވެދާނެއެވެ. އަލް ޚިލާލްއިން ދަނީ މެސީ ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މެސީއާއި އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯވެސް މިހާރު ސައުދީ ލީގުގައި ކުޅެމުން އަންނައިރު، ގިނަ ބައަކު ގަބޫލުކުރާ ގޮތުގައި މެސީ ސައުދީ ލީގަށް ދިއުނމަކީވެސް އެކަށީގެންވާ ކަމެކެވެ.

ފްރެންޗް ލީގުގައި އެންމެ ފަހުން ރޭ ރޭނީސްއާއި ދެކޮލަށް ކުޅުނު މެޗުން ޕީއެސްޖީ ބަލިވެފައިވާއިރު، އެމެޗު ކުޅެމުން ދިޔައިރު، ޕީއެސްޖީގެ ސަޕޯޓަރުން ވަނީ މެސީއަށް ޖެއްސުންކޮށް އަޑުއުފުލާފައެވެ. މިކަމާއި ހިތްހަމަ ނުޖެހިގެން މެޗަށް ފަހު މެސީ މަޑުނުކޮށް ޗޭންޖިން ރޫމަށް އެނބުރިދިޔަކަމަށް ވެސް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ.