English Edition
Dhivehi Edition

ޒަކާތް ދައްކަން ޖެހޭ މިންވަރު އާންމުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގޮވާމުގެ ބާވަތްތަކުން ޒަކާތް ދައްކަންޖެހޭ މިންވަރު އާންމު ކުރި އިރު އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، އާދައިގެ ފުށް އަދި އާޓާ ފުށް ބޭނުން ކުރާ މީހުން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ހިމަނާފަ އެވެ.

ފިތުރު ޒަކާތުގެ ގޮވާމުގެ އަގު

  • އާދައިގެ ހަނޑޫ – 12 ރުފިޔާ
  • ތައިލެންޑު ހަނޑޫ – 84 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ) – 84 ރުފިޔާ
  • ބާސްމަތީ ރައީސް (މޮޅު) – 100 ރުފިޔާ
  • ބާސްމަތީ ހަނޑު (އެންމެ މޮޅު) 125- ރުފިޔާ
  • ރަތް ހަނޑޫ – 99 ރުފިޔާ
  • އާދައިގެ ފުށް – 12 ރުފިޔާ
  • އާޓާ ފުށް – 75 ރުފިޔާ

1444 ވަނަ އހަރުގެ ރަމަޟާންމަހު ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާންމަހު އެއްވަނަ ދުވަހު (23 މާރިޗް 2023) އިން ފެށިގެން 27 ރަމަޟާން 1444 ( 18 އޭޕްރީލް 2023) ވަނަ ދުވަހާއި ހަމައަށެވެ.

ޒަކާތް ދައްކާ ފަރާތްތަކަށް ޒަކާތް ދެއްކޭނޭ ގޮތް

1- ދިރާގު ކަސްޓަމަރުން ( ދިރާގުޕޭ ) ދިރާގު ވެބްސައިޓުން / އެސް އެމް އެސް އިން

2- އުރީދޫ ކަސްޓަމަރުން ( އެމް ފައިސާ އެޕްލިކޭޝަނުން) / ސެލްފް ކެއަރ އުރީދޫ އެޕް / އެސް އެމް އެސް އިން

3 – މޯލްޑިވްސް އިސްލާމިކް ބެންކް / ފައިސާ މޯބައިލް (އެޕްލިކޭޝަނުން) / ފައިސާ ޕޭއިން

4 – ބޭންކް އޮފް މޯލްޑިވްސް / ޕޯޓަލް (ވެބްސައިޓް އިން) / ފައިސާ ޕޭއިން

5 – ފަހިޕޭ / ފަހިޕޭ (އެޕްލިކޭޝަން) / ޕޯޓަލް އިން

6 – މިނިސްޓްރީ އޮފް ފިނޭންސް ( ބަނޑޭރިޕޭ) އިން

އަދި ބަނޑޭރިޕޭ އިން ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ޒަކާތް ދެއްކޭނޭ ކަމަށާއި އަދި އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިން ކޮށް ޒަކާތްދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްޞަކޮށް 26 މާރިޗް 2023 އިން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަންނާނޭ އިންތިޒާމު ވަނީ ހަމަޖެހިފައިކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު ފަހު 13:00 އަށެވެ.