English Edition
Dhivehi Edition

ސައުދީ އަރަބިއާގެ ޕްރޮފެޝަނަލް ލީގުގެ ކުލަބުތަކުން ޕީއެސްޖީ އާއި އާޖެންޓީނާ ފޯވާޑް ލިއޮނެލް މެސީ ގެނައުމަށް ބޮޑެތި ހުށައެޅުންތަކެއް ހުށައެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސައުދީ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ސައުދީ މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މެސީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކުލަބުތަކުގެ ތެރޭގައި އަލް ވިއާމް އާއި އަލް ހިލާލް ހިމެނެއެވެ. މި ދެ ކުލަބުންވެސް މެސީ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައިވާއިރު، އަލް ހިލާލް އިން މެސީ ގެނައުމަށް 200 މިލިއަން އެމެރިކާ ޑޮލަރުގެ އަގެއް ހުށައެޅުމަށް ވަނީ ނިންމާފަކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އަދި އަލް ހިލާލް އިން ފަހުން އެމީހުން މެސީ ގެނައުމަށް ހުށައަޅަށް ނިންމި 200 މިލިއަން ޑޮލަރުގެ އަދު 350 މިލިއަން ޑޮލަރަށް ބޮޑުކޮށް އެ އަދަދު މެސީ ގެނައުމަށް ހުށައަޅަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

އަދި މިހާރު އަލް ހިލާލް އިން ވަނީ މެސީ ގެނައުމުގެ މަސައްކަތް ފަށާފައިކަމަށާއި އެގޮތުން މެސީގެ އެޖެންޓް އަދި އޭނާގެ ބައްޕަ ޖޯޖް މެސީ އާއި އެކު މަޝްވަރާތައް ބޭއްވުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށާއި އެގޮތުން ވަރަށް އަވަހަށް މިކަމުގެ މަޝްވަރާތައް ބޭއްވުމަށް ސައުދީގެ ރިޔާދަ އަށް މެސީގެ ބައް އަންނާނޭ ކަމަށް ވެސް ސައުދީގެ މީޑިއާ ތަކުން ވަނީ ބުނެފައެވެ.

މެސީ ހޯދުމަށް ސައުދީގެ ބައެއް ކުލަބުތަކުން މަސައްކަތް ކުރާކަމަށް ރިޕޯޓުތައް ބުނެފައިވާއިރު، ސައުދީގެ ކުލަބް އަލް ނަޞްރުން ވަނީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގެނެސްފައެވެ. އަލް ނަޞްރުން ރޮނާލްޑޯގެ ސޮއި ހޯދީ 200 މިލިއަން ޑޮލަރަކަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.