English Edition
Dhivehi Edition
ބިޑް ހުށަހެޅުމުގެ ކަންތައް ކުރިއަށްދަނީ. ފޮޓޯ އިސްލާކމިކް މިނިސްޓްރީ

1444 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ކުންފުނިތަކުން ބިޑް ހުށަހަޅައިފިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ 11 ކުންފުންޏަކުން ބިޑް ހުށަހަޅާފައިވާއިރު މީގެ ތެރެއިން ހުއްދަދެވޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށް ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ދޫކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން 3 ކުންފުންޏަކަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ހުއްދަދެވޭ 3 ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރެވޭނޭ ކަމަށް އިސްލާމިން މިނިސްޓްރީން ބުނެއެވެ. އަދި ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާކަމަށާއި 2022 ވަނަ އަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.