English Edition
Dhivehi Edition

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ނޯވޭ ފޯވާޑް އާލިން ހާލަންޑް ހޯދުމަށް ފްރާންސްގެ ޕީއެސްޖީން 197 މިލިއަން ޕައުންޑްގެ އަގެއް މެންޗެސްޓަރ ސިޓީއަށް ހުށައަޅަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ފްރާންސްގެ ބައެއް މީޑިއާތަކުން ޚަބަަރު ފަތުރާ ގޮތުގައި މި ހާރު ކުރިޔަށްދާ ފުޓްބޯޅް ސީޒަން ނިމުމުން ހާލަންޑް ހޯދުމަށް ރަސްމީކޮށް ޕީއެސްޖީން މަސައްކަތް ފަށާނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީން އޮތީ އަންނަ ޓްރާންސްފާ ގައި ހާލަންޑް ހޯދުމަށް 197 މިލިއަން ޕައުންޑްގެ އަގެއް މެންޗެސްޓަރ ސިޓީއަށް ހުށައަޅާ ގޮތަށެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ބަޔާން މިޔުނިކް އަތުން ބަލިވެ ޕީއެސްޖީ ކަޓާފައިވާއިރު، އެ ޓީމުގެ ހިމެނޭ ނޭމާ އާއި ލިއޮނެލް މެސީ އަދި ކީލިއަން އެމްބާޕޭގެ މުސްތަޤުބަލާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

މި ސީޒަނުގެ ނިޔަލަށް މީ ކުޅުންތެރިން ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، އެތަން ފޫބެއްދުމަށް ޕީއެސްޖީން ބޭނުން ވަނީ ހާލަންޑް އެ ކުލަބަށް ގެނައުމަށް ރިޕޯޓުތައް ބުނެއެވެ.