English Edition
Dhivehi Edition

ދިރާގާއި އެޗް ވަން ސްރީލަންކާއާ ގުޅިގެން ރާއްޖޭގެ މާކެޓަށް މައިކްރޮސޮފްޓް ސޮލިއުޝަންތަކެއް ގެނައުމަށް ނިންމައިފި އެވެ.

އެޗް ވަން އަކީ ސްރީލަންކާގެ ލީޑިން ޓިއަރ 1 މައިކްރޮސޮފްޓް ލައިސަންސިން ސޮލިއުޝަންސް އަދި ކްލައުޑް ސޮލިއުޝަންސް ޕާޓްނަރެކެވެ.

މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގާއި އެޗް ވަން ގުޅިގެން މައިކްރޮސޮފްޓްގެ އުފެއްދުންތަކާއި ޚިދުމަތްތައް މި ސަރަޙައްދުގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި މޮޑަރން ވަރކް ކްލައުޑް، މޮޑަރން ވަރކް ސެކިއުރިޓީ، އެޕްސް އެންޑް އިންފްރާ (އަޒުއަރ)، މޮޑަރން އެޕް ޑިވެލޮޕްމަންޓް އަދި ޑޭޓާ އެންޑް އެނަލިޓިކްސް ފަދަ މައިކްރޮސޮފްޓް ޓެކްނޮލޮޖީތައް ހިމެނެ އެވެ.

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ރާއްޖޭގެ ކަސްޓަމަރުންނަށް މައިކްރޮސޮފްޓާއި ޓެލެކޮމިއުނިކޭޝަންގެ ފުޅާ ދާއިރާއެއްގައި ހިދުމަތްތައް ގެނެސްދިނުމަށް އެޗް ވަން ސްރީލަންކާއާ އެކު ޕާޓްނަރޝިޕް ގެނައުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އަމާޒަކީ މި ދެކުންފުނީގެ ތަޖުރިބާއާއެކު، ކަސްޓަމަރުންގެ ފުޅާވަމުން އަންނަ ބޭނުންތައް ފުއްދައިދިނުމަށް ފަސޭހަ ވަން ސްޓޮޕް ސޮލިއުޝަނެއް ފޯރުކޮށްދިނުން ކަމަށެވެ.

“މި ޕާރޓްނަރޝިޕް މެދުވެރިކޮށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް އަޅުގަނޑުމެން ދީފައިވާނީ ދިރާގުގެ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ މާކެޓަށް ޚިދުމަތް ފޯރުކޮށްދިނުމަށް،” އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ޑައިލޮގް އެކްސިއާޓާ ޕީއެލްސީގެ ޑިރެކްޓަރު/ގްރޫޕް ޗީފް އެގްޒެކެޓިވް އަދި އެޗް ވަންގެ ޑިރެކްޓަރު ސުޕުން ވީރަސިންހަ ވިދާޅުވީ މި ޕާރޓްނަރޝިޕަކީ ރާއްޖޭގެ މާކެޓުގައި އެ ކުންފުނީގެ ބައިވެރިވުން ފުޅާކުރުމުގައި އެޗް ވަންއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މައިކްރޮސޮފްޓް ޓެކްނޮލޮޖީގެ ތަޖުރިބާއާ ދިރާގުގެ ވަރުގަދަ ލޯކަލް ޕްރެޒެންސާއި ކަސްޓަމަރުންނާއެކު އޮންނަ ގުޅުމާއިއެކު އެންމެ ފެންވަރު ރަނގަޅު ހިދުމަތްތައް އެ ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

“ދިރާގާ އެކު ޕާރޓްނާވެ ޓެކްނޮލޮޖީ ސޮލިއުޝަންތައް ރާއްޖޭގެ މާކެޓަށް ގެނައުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،” އެޗް ވަންގެ ޑިރެކްޓަރ/ޗީފް އެގްޒެކެޓިވް އޮފިސަރު ވެނޫރާ މެންޑިސް ވިދާޅުވި އެވެ.

“ދިރާގުގެ މާކެޓް ރީޗް، ވަރުގަދަ ކަސްޓަމާރ އެންގޭޖްމަންޓް އަދި ކޮމްޕްލިމެންޓްރީ އައިސީޓީ ގެ ހިދުމަތްތަކާއެކު މައިކްރޮސޮފްޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް ދިމާވާ ވިޔަފާރީގެ ގޮންޖެހުންތަކަށް ސީދާ ހައްލުތަކެއް ފޯރުކޮށްދެވޭނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން.” ވެރޫނާ ވިދާޅުވި އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އިތުރު ހައްލުތަކެއް ހޯދައިދިނުމަށާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޑިޖިޓަލް ތަޖުރިބާ އިތުރުކުރުމަށެވެ.

ޓެގު