English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ފިރިހެނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ހޮސްޕިޓަލުގެ ސީނިއާ ކޮމިޔުނިޓީ ހެލްތު ވޯކަރު މުހައްމަދު ނަޖީބު ވިދާޅުވީ އެކްސިޑެންޓުގައި އެމީހާގެ ބޮލުން ތަންކޮޅެއް ފަޅައިގެންގޮސްފައިވާ ކަމަށެވެ. އަދި ދެއަތުގެ އުޅަބޮށި މަށައިގެންގޮސްފައިވާ ކަމަށެވެ. މިހާރުވެސް އޭނާއަށް ގެންދަނީ ފަރުވާދެމުންނެވެ. އެހެންނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ގަމާވީ ކޮޅުން ބާރުސްޕީޑުގައި ދުއްވައިފައި އައިކާރެއް ގޯޅިން އަޅައިލި ވަގުތު ސައިކަލެއް އައިސް އެކާރުގައި ޖެހިގެންނެވެ. އެކްސިޑެންޓުގައި އަނިޔާވީ ސައިކަލް ދުއްވި މީހާއަށެވެ.

އެކްސިޑެންޓު ހިނގާފައވަނީ ސްޓޭޓް ބޭންކުއޮފް އިންޑިއީ ކަރިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި އެކްސިޑެންޓާ ބެހޭ މައުލޫމާތު ފުލުހުން އަތުން ލިބޭގޮތެއް ނުވިއެވެ.