English Edition
Dhivehi Edition

އިސްލާމް ދީނަކީ މާތް ދީނެއް ކަމަށާއި އިސްލާމް ދީނާއި ގުޅޭގޮތުން މީޑިއާގައި ފަތުރަނީ ހަޤިޤަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ފްރާންސް މިޑްފީލްޑަރ ޕޯލް ޕޮގްބާ ބުނެފިއެވެ.

ޕޮގްބާ ބުނީ މީޑިއާތަކުގައި އިސްލާމް ދީނާއި ގުޅޭގޮތުން ވަރަށް ގިނަ ބުހުތާން ދޮގު ވާހަތައް ފަތުރާ ކަމަށާއި ނަމަވެސް އިސްލާމް ދީނަކީ އެއަށްވުރެ މާތް މަތިވެރި ދީނެއް ކަމަށެވެ.

ޕޮގްބާ ބުނީ އޭނާ އުފަންވީ މުސްލިމެއްގެ ގޮތުގައި ނޫން ކަމަށާއި ނަމަވެސް ގާތްކޮށް ރަޙުމަތްތެރިންގެ ގޮތުގައި ގެންގުޅުނީ މުސްލިމުން ކަމަށާއި އެގޮތުން އެ މީހުންގެ ފަރާތުން ދީނުގެ ކަންކަން ވަރަށް ބޮޑަށް ދަސްވެ، އެ ދީނުގެ މުހިންމުކަމާއި މާތްކަން އެނގުނު ކަމަށެވެ. އަދި އެއީ އޭނާ އުފަންވި ކްރިސްޓިއަން ދީނަށް ވުރެ ނަމޫނާ މަތިވެރި އަދި މާތްދީނެއް ކަން އެނގުނު ހިސާބުން އިސްލާމް ދީން ޤަބޫލުކުރީ ކަމަށް ވެސް ޕޮގްބާ ބުންޏެވެ.

ޕޮގްބާ ބުނީ މިހާރު އޭނާ އަކީ ފަސްވަގުތު ނަމާދުކޮށް އުޅޭ މުސްލިމެއް ކަމަށާއި އެގޮތުން ވަރަށް ބޮޑަށް ހިތްމަ ޖެހިގެން އެބަ އުޅެވޭ ކަމަށެވެ. އިތުރަށް ޕޮގްބާ ބުނީ އިސްލާމް ދީން ދެކެ ރުޅިއަންނަނި އެ ދީނުގެ އަދުއްވުން ކަމަށާއި މިޑިއާގައި އެފަދަ ވާހަތައް ވެސް ފަތުރަނީ އެފަދަ ވިޔާނުދާ އުޅުމެއް ނެތް މީހުންކަމަށެވެ.

” އިސްލާމް ދީނަކީ ވަރަށް މާތް ދީނެއް. އެދީނަކީ އަޚުލާގާއި ސުލޫކު ދަސްކޮށްދޭ ދީނެއް. ހިތްހަމަ ޖެހުމާއި އުފާވެރިކަން އިސްލާމް ދީން ގެނެސްދޭ. އަހަރެންނަނީ އުފަންވި އިރު، މުސްލިމެއް ނޫނަސް މިހާރު މުސްލިމެއް. އަހަރެން ފަސްވަގުތު ނަމާދުކުރަން. އެހެން އަޅުކަންތައް ވެސް ކުރަން.” ޕޮގްބާ ބުންޏެވެ.