English Edition
Dhivehi Edition

މިއަދުގެ ހުކުރު ޚުތުބާގެ މަޢުލޫއަކީ “ޙަޤީޤީ ހަޔާތަކީ އުޚްރަވީ ހަޔާތް” އެވެ.

މި މައުޟޫއަށް ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު އިއްވި ޚުތުބާގައި ބުނީ ދުނިޔެއަކީ ނުހަނު ކެހިވެރި ތަނަކަށް ވީ ހިނދުު ދުނިޔޭގެ އެދުންތަކާއި މެދު ވިސްނުމެއް ނުބަހައްޓައި އުޅެން ފަށައިފި ނަމަ ތިމާ އެންމެ ފަހުން އެ ކެހިވެރިަމުގައި ޖެހޭނޭކަމަށެވެ.

މާތް ﷲ ވަޙީކުރައްވަވާފައިވާ ބަސްފުޅެއްގެ މާނާގައި ވަނީ މިފަދައިންނެވެ. ” ދުނިޔޭގެ ދިރިއުޅުމަކީ ކުޅިވަރެއް ކަމުގައްޔާއި، މަޖަލެއް ކަމުގައި މެނުވި ނުވެއެވެ. ތަޤުވާވެރިވާ މީހުންނަށް އާޚިރަތުގެ ގޮވަތި މާ ހެޔޮކަން ބޮޑެވެ. ފަހެ ތިޔަބައި މީހުންނަކަށް ނުވިސްނޭހެއްޔެވެ.؟” ޚުތުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔޭގެ ޒީނަތްތެރި ކަމަކީ މީހާ އޭނާގެ ވެރި ރަސްކަލާންގެ މަތިން ހަނދުމަކުރުމުން އެއްޖިބާ ކުރާ ކަމެއް ކަމަށް ވެސް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ބުނީ މާތްﷲ އިންސާނާއަށް ދުންޔަވީ ހަޔާތް ދެއްވައިފައިވަނީ އޭނާގެ އުޚްރަވީ ހަޔާތަށް ޓަކައި ގޮވާން ކުރާ ދަނޑުބިމެއްގެ ގޮތުގައި ކަމަށާއި އެ ބިމުގައި އޭނާ ރަނގަޅު ގޮވާމެއް ނުކޮށްފިނަމަ އޭނާގެ ވެރި ރަސްކަލާނގެ ހަޒްރަތަށް ދާނީ ހުސްއަތާ ކަމަށެވެ. އަދި ބުއްދިވެރިއަކީ އަބަދާއި އަބަދު އުޚްރަވީ ހަޔާތް ހިތްމައްޗަށް ގެނެސް، ހަޔާތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ މީހާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ދުނިޔޭގައި އިންސާނާ ކިތަންމެ މުދަލެއް ހޯދިޔަސް އެއީ ވަގުތީ އެއްޗެއް ކަމަށާއި އަދި އެއީ ފަނާވެގެންދާނެ އެއްޗެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ދުނިޔަމަތީގައި ހޯދާ މުދަލަކީ ދޫކޮށްފައި ދާންޖެހޭނެ ތަކެތި ކަމަށާއި އަދި އެއަށްފަހު އޮތީ ﷲގެ ހަޒްރަތުގައި ޖަވާބުދާރީ ވާންޖެހޭ ދުވަސް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަދި ދުންޔަވީ މަސައްކަތްތައް ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެއީ މާތްالله ރުއްސަވާ ގޮތަށް ކުރާ މަސައްކަތްތަކަށް ވާން ޖެހޭ ކަމަށް ހުތުބާގައި ބުުންޏެވެ. އެއީ މާތްاللهގެ މަގުން އެއްކިބާ ކުރާ މަސައްކަތްތަކަކަށް ހަދައިގެން ނުވާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އަދި އެބައިމީހުން ދުނިޔެއާއިމެދު ދަހިވެތިވެ, މުދަލާއިގެން މަސްއޫލުވުމުގެ ސަބަބުން ނަމާދު ކުރަން ވަގުތު ނުވާ ކަމަށާއި މުދާ ހޯދުމުގައި ހަރާމެއް, ހަލާލެއް ބެލުމެއް ނެތި ކަންކަން ކުރަމުން އަނަނަކަމަށް ހުތުބާގައި ބުންޏެވެ.

އަދި ހަމަ އެކަނި ދުންޔަވީ ކަންކަމުގައި މަޝްޢޫލުވެ އުޚުރަވީ ހަޔާތްމަތިން ހަނދާން ނައްތާނުލުމަށް މިއަދުގެ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.