English Edition
Dhivehi Edition

ސްޕެނިޝް ކޮޕަ ޑެލްރޭ ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިރޭ ވާދަވެރި ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރާނެއެވެ.

މިރޭގެ މެޗަށް މި ދެޓީމު ނުކުންނައިރު، މިއީ ކޮޕަ ޑެލްރޭ ގައި މި ދެ ޓީމުން ބައްދަލު ކުރާ 36 ވަނަ ފަހަރެވެ. މީގެ ކުރިން 35 ފަހަރު ބައްދަލުކުރި އިރު، އޭގެތެރެއިން ބާސެލޯނާ ވަނީ 15 ފަހަރު މޮޅުވެފައެވެ. އަދި ރެއާލް ވަނީ 12 ފަހަރު މޮޅުވެފައެވެ.

މި މުބާރާތުގެ ސެމީއަށް ބާސެލޯނާ ދަތުރު ކުރީ ރެއާލް ސޮސިއެދާދް ބަލިކޮށްގެންނެވެ. އަދި ރެއާލް ސެމީއަށް ދިޔައީ އެތްލެޓިކޯ މެޑްރިޑް ބަލިކޮށްގެންނެވެ.

މިރޭގެ މެޗަށް މި ދެޓީމުން ނުކުންނައިރު، އަނިޔާގެ މައްސަލަވެސް ވަނީ ދެޓީމަށް ކުރިމަތިވެފައެވެ. އެގޮތުން ބާސާގެ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީއާއި ޕެޑްރީގެ އިތުރުން އޮސްމާނޭ ޑެމްބެލޭއަށް އަނިޔާގެ މައްސަކުރިމަތިވެ މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ.

އަދި ރެއާކް މެޑްރިޑަށް ބަލާއިރު، އެޓީމުގެ ޑޭވިޑް އަލަބާ އާއި ފާލަން މެންޑީއަށް މިރޭގެ މެޗުގައި އަނިޔާވެފައި ވުމުން ނުކުޅެވޭނެއެވެ.

ރެއާލް މެޑްރިޑް އަދި ބާސެލޯނާ ބައްދަލުކުރާ ކޮޕަ ޑެލް ރޭ ސެމީގެ ފުރަތަމަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެޑްރިޑްގެ ސަންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައެވެ. އެ މެޗު ފަށާނީ މިރޭ ދަންވަރު ރާއްޖޭ ގަޑިން 1:00 ގައެވެ.