English Edition
Dhivehi Edition
ޖިންސީ ގޯނާއާއި ދެކޮޅަށް އައްޑޫގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން--ފޮޓޯ: މީސްމީޑިއާ

ފޯނުގައި ހުރި ބަރަހަނާ ފޮޓޯތައް ބޭނުންކޮށްގެން އަންހެނަކު ބްލެކްމައިލްކުރަން އުޅުނު މައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ގދ.އަތޮޅު ރަށަކަށް ނިސްބަތްވާ ފިރިހަނަކު 2016 ވަނަ އަހަރު މެދެއްހާ ހިސާބުގައި އަންހެނެއްގެ ބަރަހަނާ ފޮޓޯތަކެއް އަތުގައި ހުރިކަމަށް ބުނެ، ބިރުދައްކައިގެން ޖިންސީ އަމަލު ހިންގުމަށް މަޖުބޫރު ކުރިކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ކުރީ ބިރުދައްކައިގެން ޖިންސީ އަމަލެއް ހިންގުމަށް އެހެން މީހަކަށް މަޖުބޫރު ކުރުވި ކަމުގެ ދައުވާއެވެ.

ތަހުގީގު މަރުހަލާގައިވެސް ފިރިހެން މީހާ ވަނީ އޭނާ އަތުގައި އަންހެން މީހާގެ ބަރަހަނާ ފޮޓޯތައް ހުރި ކަމަށް އެއްބަސްވެފައެވެ. އަދި މި މައްސަލައިގެ ތަހުގީގު މަރުހަލާގައި އޭނާގެ ފޯނުން އެ ފޮޓޯތައް ފެނިފައިވާއިރު ފަހުން އޭނާވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.

މި މައްސަލައިގެ ޝަރީއަތް ނިންމުމަށް ބޭއްވި އަޑުއެހުމުގައި ކޯޓުންވަނީ އޭނާ އާއި ދެކޮޅަށް ކާފީ ހެކި ލިބިފައިނުވުމާއި ދަޢުވާގެ އުންޞުރުތައް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާކަމަށް ބުނެފައެވެ. އެހެންކަމުން ކޯޓުންވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ހުކުމްކޮށްފައެވެ.