English Edition
Dhivehi Edition

ތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ޕޯޗުގަލް އާއި އަލް ނަޞްރުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ 8 މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ.

ހޯމަ ދުވަހުގެ ފަތިހު ތުރުކީ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު މަރުވެ އެތަކެއް އާއިލާތަކެއް ހާލުގައި ޖެހުނުއިރު، އެފަރާތަތްކަށް އެހީވުމަށް ދުނިޔޭގެ އެގި ގައުމުތަކުންނާއި އެކިއެކި ފަރާތްތަކުން ދަނީ ދީލަތި އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި ބިންހެލުމުގައި ހާލުޖެހުނު ފަރާތްތަކަށް 8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

ރޮނާލްޑޯގެ އިތުރުން އޭނާއާއި އެންމެ ވާދަވެރި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީވެސް ވަނީ 3.5 މިލިއަން ޔޫރޯ ތުރުކީއާއި ސީރިއާއަށް ހާލުގައި ޖެހުނު ފަރާތްތްކަށް ހަދިޔާކޮށްފައެވެ.

މި ބިން ހެލުމުގައި ތުރުކީއާއި ސީރިއާގެ އެތައް އިމާރާތެއް ވަނީ ބިމާހަމަވެފައެވެ. އެތައް ހާސް ބައެއްގެ ފުރާނަ ގެއްލުނު މިހާދިސާގައި ބިމާ ހަމަވި އިމާރާތްތަކުގެ ދަށުން މީހުން ސަލަމާތްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި އަދިވެސް ދަނީ ކުރިއަށެވެ.

މި ކާރިސާގައި ތުރުކީއާއި ސީރިއާއިން މިހާތަނަށް ޖުމުލަ 23000 މީހުންގެ ފުރާނަ ގެއްލިގައިވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކުރެއެވެ.