ކޮބާ ޑޮކްޓަރ؟ ގެ ނަމުގައި ޑޮކްޓަރުންގެ ޝެޑިއުލްތައް ފަސޭހައިން ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނު އެމްވީ މެޑިކަލްސް އިން ރަސްމީ ވެބްސައިޓެއް އިފްތިތާހްކޮށްފިއެވެ
އިއްޔެ ރަސްމީކޮށްއިފްތިތާހުކުރި މި ވެބްސައިޓާއި ބެހޭ ގޮތުން އެމްވީ މެޑިކަލްސް އިން ބުނީ ކޮބާ ޑޮކްޓަރ؟ ގެ ވެބްސައިޓުން، ހޮސްޕިޓަލް ތަކުގައި ހުރި އިންޝުއަރެންސް ސްކީމްތަކުގެ މަޢުލޫމާތާއި ޑޮކްޓަރުން ބަލަމުންދާ ދުވަސްތަކާއި ވަގުތު ފައްސޭހަކަމާއި އެކު އެގިގެންދާނެކަމަށެވެ.މީގެ އިތުރުން އެމްވީ މެޑިކަލްސް އިން ބުނެފައިވަނީ އެމްވީ މެޑިކަލްސްގެ އަމާޒަކި ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ޝެޑިއުލްތައް އާންމުންނަށް ފަސޭހައިން ބަލާލެވޭނެގޮތް ހެދުންކަމަށާއި ވެބްސައިޓް އިތުރަށް ތަރައްޤީކޮށް މޯބައިލް ފޯނުންވެސް ފަސޭހައިން ބަލާލެވޭނެގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ
އެމްވީ މެޑިކަލްސް އިން ބުނީ މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ދިވެހިން ސިއްޙީ ފަރުވާ ހޯދަން އެންމެ ގިނައިންދާ ޤައުމުތަކުގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންގެ ޝެޑިއުލްވެސް ބެލޭނެގޮތް ހަމަޖެއްސޭތޯ މަސައްކަތް ކުރަމުންދާކަމަށެވެ