English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ފެރީއެއް ދަތުރުކުރަނީ - ފޮޓޯ: މިހާރު

ދެކުނުގެ އަތޮޅުތަކަށް ފަސް މޭލާއި 15 މޭލާ ދެމެދަށް ވައިޖެހޭނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާ އިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ވާރޭ ވެހި، ބައެއް ސަރަހައްދުތަކަށް ވިދާ ގުގުރާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ފަސް މޭލާއި 15 މޭލާ ދެމެދަށް ވައިޖެހޭނެ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ 8 މޭލާއި 18 މޭލާ ދެމެދު ކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެއާ ދިމާލަށް ވައި ހުރި ގޮތުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަލިވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ކުރަމުންދާއިރު، މެޓް އޮފީހުން ބުނީ މިއަދު މުޅި ރާއްޖެއަށް ވިއްސާރަ ކުރި ނަމަވެސް ކަނޑުގަދަ ނުވާނެ ކަމަށެވެ.