English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް ގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ތައާރަފް ކުރި ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓުން ހޮވައިފި އެވެ.

މި ސްކޮލާޝިޕް ހުޅުވާލެވުނީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުން ނެވެ.

މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދެވިގެންދާނެ އެވެ.

ސްކޮލާޝިޕް އަށް ހޮވުނު އެތުލީޓުން އިއުލާންކުރަން މިއަދު ހެނދުނު މާލެ ޓޭބަލް ޓެނިސް ހޯލުގައި ކުރިޔަށް ދިޔަ ހަފްލާގައި އޮލިމްޕިކް ކޮމިޓީގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ، ކާރލް ސްޓުމްކަ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮފިޝަލުން އަދި ޤައުމީ ކުޅިވަރު އެސޯސިއޭޝަންގެ ފަރާތުން ވަނީ ބައިވެރިވެފަ އެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓުންނަކީ:

އެތުލީޓް ކުޅިވަރު ޓްރެއިނިންގ ސެންޓަރ
މަރިޔަމް ރޫޔާ އަލީ އެތްލެޓިކްސް ކިންގްސްޓަން، ޖެމައިކާ
މަރިޔަމް މިންހަލް ޝާމިން އެތްލެޓިކްސް ކިންގްސްޓަން، ޖެމައިކާ
މުޙައްމަދު ސާލިމް އަބްދުލް ސަމަދު ބެޑްމިންޓަން ޑުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް
ޝުބާ މުޙައްމަދު ޝަރީފް ބެޑްމިންޓަން ޑުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް
ފާތިމަތު ޖުމާނާ ނިމާލް ޓޭބަލް ޓެނިސް ޒަޤްރިބް، ކްރޯއޭޝިއާ
މޫސާ މުންސިފް އަޙްމަދު ޓޭބަލް ޓެނިސް ޒަޤްރިބް، ކްރޯއޭޝިއާ
ލަޔާން މުޙައްމަދު ޝާމިން ޓެނިސް ބާސެލޯނާ، ސްޕެއިން

މި ސްކޮލާޝިޕް އަށް ހުޅުވާލެވިފައިވަނީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށެވެ. އަދި ސްކޮލާޝިޕް އަށް އެތްލީޓުން ހޮވާފައިވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.