English Edition
Dhivehi Edition

ދިވެހިރާއްޖޭގެ މުވާސަލާތީ ކުންފުނިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަންއާއެކު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު މި އެޑް-އޮންއާއެކު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހެޔޮ އަގުގައި އިތުރު ޑޭޓާ ހޯދޭނެ ކަމަށެވެ.

މި ލިމިޓަޑް ޓައިމް އެޑް-އޮންގެ ދަށުން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ 500 ރުފިޔާއަށް 70ޖީބީ ނެގޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ މި އެޑް-އޮން ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ނުވަތަ 343 އަށް ކީވޯޑް ‘M500’ ޖަހާފައި އެސްއެމްއެސް ކޮށްލައިގެން ވެސް ނެގޭނެ ކަމަށާއި އަދި މި އެޑް-އޮން ނެގުމުގެ ފުރުސަތުވަނީ ދިރާގުގެ ހުރިހާ ޕްރީޕެއިޑް ޕްލޭނެއް ގެންގުޅުއްވާ ކަސްޓަމަރުންނަށް ވެސް ހުޅުވާލާފައި ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއް ވަނީ ފަރުމާކުރެވިފަ އެވެ.

އެގޮތުން ދިރާގު ކޮމްބޯ ޕްލޭންސް – މިއީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. އަދި ސަޅި ޕްރީޕެއިޑް ޕްލޭންސް – ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ މި ޕްލޭންއާއިއެކު ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ އެވެ.

މީގެ އިތުރުން މަމެން – ޒުވާޏުންނަށް ޚާއްސަކޮށްގެ ފަރުމާކޮށްފައިވައި މި ޕްލޭންއަކީ ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުންގޮތަކަށް ފަރުމާކޮށްލެވޭ ޕްލޭންއެކެވެ. މީގެ އިތުރުން މަމެން ކަސްޓަމަރުންނަށް ކްރެޑިޓް އެހެން މަމެން ޔޫޒަރުންނަށް ޓްރާންސްފަރވެސް ކޮށްލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށެވެ.

 

ޓެގު