English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް އިން މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް މިހާރުގެ ސީއީއޯ ކާރލް ސްޓުމްކަ މިއަދު އައްޔަންކޮށްފިއެވެ.

ކާރލް ބޭންކުގެ ސީއީއޯ ގެ މަގާމާއި ހަވާލުވެ ބޭންކާއި ގުޅިވަޑައިގަތީ 23 އޮކްޓޫބަރު 2022 ގައެވެ. އަދި މިއަދު ސަރުކާރުގެ ފަރާތުން ވަނީ ކާރލް ބީއެމްއެލް ބޯޑަށް އައްޔަންކޮށްފައެވެ.

މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެވުނީ މިއަދު ބޭއްވި ބޭންކުގެ ހާއްސަގޮތުންކުރާ އާންމުޖަލްސާ އަށް ފަހު އޮތް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައެވެ.