English Edition
Dhivehi Edition

ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އައްޔަން ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވަ ގޮތުން ޔަސްރިފް މި މަގާމަށް އައްޔަންކޮށްފައިވަނީ 2022 ވަނަ އަހަރު ޑިސެމްބަރު މަސް ތެރޭގައެވެ.

އަބަދުވެސް އައްޑޫ ސިޓީގައި އެމްޑީޕީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހުންނެވި ޔަސްރިފް ވަނީ އައްޑޫ ސިޓީ ކައުންސިލްގެ ތިން ވަނަ ދައުރުގައި ޑެޕިއުޓީ މޭޔަރުކަން ކުރައްވާފައެވެ. އަދި ކައުންސިލް ކަމުން އިސްތިއުފާ ދެއްވުމަށްފަހު، ޔަސްރިފް ހުންނެވީ ކައުންސިލް އިދާރާގެ ޑިރެކްޓަރެއްގެ މަގާމުގައެވެ.