English Edition
Dhivehi Edition
ނޯރާ އަދި އާރިޔަން

ޝާހުރުކް ހާންގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު, އާރިޔަން ހާން,25 އާއި ނޯރާ ފަތޭހީ,30 ޑޭޓް ކުރަން ފަށާފައިވާކަމަށް އަޑުތައް ފެތުރިއްޖެއެވެ.

މި އަޑުތައް ފެތުރިފައިމިވަނީ އާރިޔަން ހާން އާއި ނޯރާ ފަތޭ އެއް ފޭނަކާއެކު ނަގާފައިވާ ފޮޓޯއެއް އިންޓަނެޓުގައި ވައިރަލްވުމާ ގުޅިގެންނެވެ. ފޮޓޯ ވައިރަލްވުމާއެކު މި ދެމީހުންގެ ގުޅުމުގެ ވާހަކަތައް ފެންމަތިވާން ފެށިއެވެ. ބައެއް މީހުން ބަނީ ނޯރާ ފަތޭހީއާއި އާރިޔަން ހާން އެކުގައި ދުބާއީގައި އާއަހަރު ވެސް ފާހަގަކޮށްފައިވާކަމަށެވެ. އަދި ދެމީހުން އެކުގައި ކާންގޮސް ހަދާ ކަމަށެވެ.

އެއް ފޭނަކު ނޯރާ އަދި އާރިޔަން އާއެކު ފޮޓޯ ނަގާފަ

މި އަޑު ފެތުރުރުމާއެކު ގިނަބަޔަކު އަންނަނީ އަނާންޏާ ޕާންޑޭއަށް ދެން ވާނެ ގޮތަކާމެދު ސުވާލު އުފައްދަމުންނެވެ. ސަބަބަކީ ކޮފީ ވިތް ކަރަންގެ އެޕިސޯޑެއްގައި އަނަންޏާ ޕާންޑޭ ވަނީ އާރްޔަން ހާން ދެކެ ލޯބިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެގޮތަށް އިއުތިރާފް ވުމާއެކު އާނަންޏާއާއި އާރިޔަން ވާހަކަ ދައްކަން ދެކޮޅު ހަދާ ވީޑިއޯއްވެސް ވަނީ ވައިރަލްވެފައެވެ. އަނަންޏާއަކީ އާރިޔަންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ސުހާނާ ހާންގެ ބެސްޓު ފްރެންޑެވެ.

އާރިޔަން މިހާރު ކުރަމުން ގެންދާ މަސައްކަތަކީ އަމިއްލައަށް ފިލްމެއްގެ ސްކްރިޕްޓު ލިޔެ ފިލްމެއް ޑައިރެކްޓު ކުރުމުގެ މަސައްކަތެވެ. އެނާ ވަނީ ދާދި ފަހުން ފިލްމުގެ ޝޫޓިިން ކުރިއަށް ގެންދާނެ ލޮކޭޝަން ވެސް ހޯދަމުން ގެންދާކަމަށް ބުނެފައެވެ. ފިލްމާ ގުޅޭ މާ ބޮޑު މައުލޫމާތެއް އާރިޔަން އާންމު ނުކުރި ނަމަވެސް, އޭނާ ބުނަނީ ފިލްމު ދައްކާނީ ބޮޑު ފްލެޓްފޯމަކުން ކަމަށެވެ.

ކަރަން ޖޯހަރުގެ ފިލްމެއް ކުޅުމުގެ ފުރުސަތު ވެސް އާރިޔަން އަށް ލިބުނެވެ. ނަމަވެސް އޭނާ ވަނީ އެ ފުރުސަތު ބޭނުން ނޫންކަމަށް ބުނެފައެވެ. އާރިޔަން ބުނަނީ އޭނާ ބޭނުންވަނީ ސްކްރިޕްޓުލިޔެ ފިލްމު އުފައްދަން ކަމަށެވެ. އާރިޔަންގެ މަސައްކަތައް ދާދި ފަހުން އޭނާގެ ބައްޕަ ޝާހުރުކް ހާން ވަނީ މަރުހަބާ ކިޔާފައެވެ.