English Edition
Dhivehi Edition
ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް ޕޭޖް

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި ބައިވެރިވި ފުވައްމުލައް ސިޓީގެ ކުޅުންތެރިން ގިނަ ކާމިޔާބީތަކެއް ހޯދައިފިއެވެ.

ޑިސެންބަރު މަހުގެ 25 އިން 30 ގެ ނިޔަލަށް ކުރިއަށް ދިޔަ 60 ވަނަ ގައުމީ ޓީޓީ މުބާރާތުގައި މިފަހަރު 65 ކުޅުންތެރިންވަނީ ވާދަކޮށްފައެވެ. ތިން ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ދިޔަ މި މުބާރާތުގައި ހިމެނެނީ 13 އަހަރުން ދަށް، 17 އަހަރުން ދަށް އަދި ފުރަތަމަ ޑިވިޝަނެވެ. މިމުބާރާތުގައި ފުވައްމުލައް ސިޓީގެ ޓީމުން ފަޚުރުވެރި ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. މި ގޮތުން

  • 13 އަހަރުން ދަށުގެ ސިންގަލް އަންހެން ޗެންމަޕިއަން: މިޝްޔާ އަހުމަދު އާދަމް
  • 13 އަހަރުން ދަށުގެ ސިންގަލް އަންހެން ރަނަރަޕް: އާމިނަތު ޒާޔާ އަބްދުލް އަޒީޒް
  • 13 އަހަރުން ދަށުގެ ޑަބަލްސް އަންހެން ޗެންމަޕިއަން: މިޝްޔާ އަހުމަދު އާދަމް އަދި އާމިނަތު ޒާޔާ އަބްދުލް އަޒީޒް
  • 13 އަހަރުން ދަށުގެ ޑަބަލްސް އަންހެން ބޮރޯންޒް:އައިޝަތު ނަބާހަތު އަމްޖަދު އަދި އާމިނަތު ޝަޔާން
  • 13 އަހަރުން ދަށުގެ ސިންގަލް ފިރިހެން ބޮރޯންޒް: މުހައްމަދު އާން އަލީ
  • 13 އަހަރުން ދަށުގެ ޑަބަލްސް ފިރިހެން ޗެންމަޕިއަން: އައިމަން އަހުމަދު ރަޝީދު އަދި ޔަޒީން ހުސައިން ޝަރީފް
  • 13 އަހަރުން ދަށުގެ ޑަބަލްސް ފިރިހެން ރަނަރަޕް: މުހައްމަދު ޒާއިމް އަހްމަދު އަދި މުހައްމަދު އާން އަލީ
  • 17 އަހަރުން ދަށުގެ ޑަބަލްސް އަންހެން ބޮރޯންޒް: މިޝްޔާ އަހުމަދު އާދަމް އަދި އާމިނަތު ޒާޔާ އަބްދުލް އަޒީޒް
  • 17 އަހަރުން ދަށުގެ ޑަބަލްސް ފިރިހެން ބޮރޯންޒް: އައިމަން އަހުމަދު ރަޝީދު އަދި ޔަޒީން ހުސައިން ޝަރީފު

ފުވައްމުލައ ސިޓީގައި ޓޭބަލް ޓެނިސް އިންޑޯ ހޯލެއް ހުޅުވައި ކުޅުންތެރިން ތަމްރީން ހޯދަމުންދަނީ އިންޑިއާގެ ކޯޗް ސުޕްރަކާޝް ސަހާގެ ބެލުމުގެ ދަށުންނެވެ.

ގައުމީ ޓޭބަލް ޓެނިސް މުބާރާތް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކާމިޔާބުކޮށް އަންހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ ފާތިމަތު ދީމާ އަލީއެވެ. އަދި މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ، މުހައްމަދު ޝައްފާން އިސްމާއީލްއެވެ.