English Edition
Dhivehi Edition

ފިލްމީ ބަތަލާ ތޫނީޝާ ޝަރުމާގެ މަރުގެ މައްސަލައިގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ޝީޒަން މުހަންމަދު ހާން ހައްޔަރުކޮށްފައިވާއިރު، އޭނާ އަމިއްލައަށް މަރުވި ސަބަބާއި ގުޅޭ ގޮތުން އެކި ވާހަކަތައް ދަނީ ފެތުރެމުންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ތޫނީޝާ މަރުވެފައި ހުއްޓާ ފެނުނީ މިހާރު އޭނާ މަސައްކަތްކުރާ ފިލްމު ސެޓުގެ ފާހާނާއެއްގެ ތެރެއިންނެވެ. ތޫނީޝާގެ އާއިލާއިން ތުހުމަތުކުރަނީ އޭނާގެ ލޯބިވެރިޔާ ޝީޒަން އަށެވެ. ތޫނީޝާގެ އާއިލާ އާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނީ ދެ މީހުން ވަކިވުމަށްފަހު ވެސް ޝީޒަންގެ ފަރާތުން ތޫނީޝާއަށް އުދަގޫތަކާއި ކުރިމަތިވެފައިވާކަމަށެވެ.

ތޫނީޝާގެ އާއިލާއިން މިހެން ބުނެފައިވީ ނަމަވެސް މި ދެ ތަރިންގެ ގާތް ފަރާތްތަކާއި ހަވާލާދީ މީޑިއާތަކުން ބުނީ ތޫނީޝާ އާއި ރުޅިވީ ޝީޒަންކަމަށެވެ. މީގެ ކުރިންވެސް އެންޒައިޓީ އާއި ހަނގުރާމަކުރަމުންދިޔަ ތޫނީޝާ އާއި، ޝީޒަން ރުޅިވުމުން އެކަމާއި ތޫނީޝާ ވަރަށް ހިތާމަކުރިކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. މިކަމާއި ގުޅޭ ގޮތުން މި މައްސަލަ ތަހުގީގުކުރުމުގައި ހަރަކާތްތެރިވާ ފުލުހުންވެސް ވަނީ ތޫނީޝާގެ އެންޒައިޓީ މައްސަލަ ހުންނަކަމަށް ބުނެފައެވެ. އަދި އޭނާގެ ހާލަތު ރަނގަޅަށް އެނގޭއިރު، ޝީޒަން އޭނާގެ ރުހުމެއް ނެތި ރުޅިވުމަކީ އެކަން އިތުރަށް ބޮޑުވެގެން ދިޔަ ސަބަބެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ ދެ މީހުން އެކުގައި މަސައްކަތްކުރަން ޖެހުމަކީ ތޫނީޝާ އަށް ޝީޒަން މަތިން ހަނދާން ނައްތާނުލެވުނު އެއް ސަބަބު ކަމަށެވެ.އަދި ޝީޒަން އެހެން އަންހެން ތަރިންނާއި އެކު މާ ގާތް ގުޅުމެއް ބޭއްވުމަކީ ވެސް ތޫނީޝާ މި ފަދަ ބޮޑު ނިންމުމެއް ނިންމަންޖެހުނު ސަބަބެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޝީޒަން އާއި ދެކޮޅަށް ތޫނިޝާގެ އާއިލާއިން ހުށަހެޅި މައްސަލަ އާއި ގުޅިގެން އޭނާ ބަންދުކޮށްފައިވާއިރު ޝީޒަންގެ ބަންދާއި ގުޅޭ ގޮތުން އޭނާގެ ވަކީލުން ބުނީ ޝީޒަން ބަންދުކޮށްފައިވަނީ އެއްވެސް ހެއްކެއް ނެތި ގާނޫނުތަކާއި ހިލާފަށް ކަަމަށެވެ.

މިއަދު މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ނިންމާފައިވާއިރު މީޑީއާތަކުން ވަނީ ޝީޒަން އާއި ތޫނީޝާ ވަކިވި އެންމެ ބޮޑު ސަބަބަކީ ދެމީހުންގެ ‘ދީންކަމަށް’ ބުނެފައެވެ. ޝީޒަން އަކީ މުސްލިމަކަށްވާއިރު ތޫނީޝާ އަކީ ހިންދޫ އެކެވެ.