English Edition
Dhivehi Edition

“ވަގުތު” ނޫހުން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖައްސާފައިވާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގައި ބައިވެރިވުމުގެ ފުރުސަތު ޖޫން މަހުގެ 15 ވަނަ ދުވަހަށް ހަމަވާނެ ކަމަށް “ވަގުތު” އިން ބުނެފިއެވެ. ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭ މި މުބާރާތަކީ މުޅި އައްޑޫ ސިޓީއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މިއީ މިހާތަނަށް އައްޑޫ ސިޓީގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މި އަންނަ ފިތުރު ޢީދު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު “ވަގުތު” ގެ ނަމްބަރު 7907173 އިން ލިބޭނެއެވެ. މިފަހަރުގެ މުބާރާތް މޯލްޑިވްސް ބިޒްނަސް ސްކޫލްން ޓައިޓަލް ސްޕޮންސަރ ކުރާއިރު މިއަހަރުން ފެށިގެން ކޮންމެ އަހަރަކު “ވަގުތު” ން އައްޑޫ ސިޓީގައި ފުޓްސަލް މުބާރާތެއް ބާއްވާނެ ކަމަށް އެފަރާތުން ބުނެއެވެ.