ސައުތު އޭޝިއަން ޔުނިވާސިޓީ (އެސްއޭޔޫ) އަކީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މެމްބަރު ގައުމުތައް ކަމަށްވާ އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ ގުޅިގެން ހުޅުފައިވާ ބައިނަލްއަގްވާމީ ޔުނިވާސިޓީއެކެވެ. އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ ގުޅިގެން ޗަންދާ ދައްކައިގެން އިންޑިޔާގެ ނިއުދިއްލީގައި ހިންގަމުންދާ ޔުނިވާސިޓީ އަކީ ސާކް މެންބަރ ގައުމުތަކުގެ ދަރިވަރުން ފެންވަރު ރަގަޅު ތައުލީމެއް އުންގަނާދިނުމަށް އުފައްދާފައިވާ ޔުނިވާސިޓީއެކެވެ. ނަމަވެސް މިހާތަނަށް މި ޔުނިވާސިޓީން ދިވެހިރާއްޖެއަށް ލިބުނު ފައިދާއެއް ނެތެވެ.
މި ޔުނިވާސިޓީއިން ތައުލީމް އުގެނިފައިވަނީ މަދު ދިވެހިންތަކެވެ. ނަމަވެސް މި ފަހަކަށް އައިސް އެސްއޭޔޫގެ ފައިދާއެއް ދިވެހިރާއްޖެއަކަށް އެއްވެސް ވަރަކަށް ނުކުރާކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން ދިވެހިރާއްޖެއިންވެސް ޗަންދާ ދައްކަމުން އަންނަ ކަމަށް އެޑިއުކޭޝަންގެ މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަންއިންވަނީ ނޫސްތަކަށް މައުލޫމާތް ދީފައެވެ. ދިވެހިން ތައުލީމް ހާސިލް ކުރަން ގޮސްފައިވަނީ ވަރަށް މަދުންކަން ފާހަގަކޮއްލަމެވެ.ނަމަވެސް މިހާތަނަށް ރާއްޖޭގެ ގިނަ އަދަދެއްގެ ކުދިންނަށް ތައުލީމްގެ ފުރުސަތުތައް ސައުތު އޭޝިއަން ޔުނިވާސިޓީން (އެސްއޭޔޫ) ނުލިބިފައިވީ ނަމަވެސް ދިވެހިރާއްޖޭގެ ކުދިންދަނީ އެ ޔުނިވާސީޓީއަށް މާސްޓާސް އަދި ޕީއެޗްޑީ އެޕްލައި ކުރަމުންނެވެ. އެހެންނަމަވެސް އެޕްލިކޭޝަނަށް ޖަވާބެއް ނުދޭކަމަށް ބައެއް ކުދިން ފާހަގަ ކޮއްފައިވެއެވެ. 2022 ވަނަ އަހަރުގެ އެސްއޭޔޫ ސްކޮލަރޝިޕެއް ދިވެހިރާއްޖޭގެ އެއްވެސް ދަރިވަރަކަށް ލިބުނުކަމެއް އެނގޭކަށްް ނެތެވެ.
މިހާރު ދިވެހިރާއްޖޭގައި ތައުލީމަށް އޮތް ޑިމާންޑް ބޮޑުވިޔަސް މަތީ ތައުލީމްގެ ފުރުސަތު ބޮޑުވަމުންދާ ދަނޑިވަޅެއްގައި ތައުލީމް އުނގެނުމަށް މިފަދަ ޔުނިވާސިޓީއެއްގެ މުހިންމުކަން ފާހަގަ ކޮށްލަން ޖެހެއެވެ. ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމު އުނގެނުމުގެ ފުރުސަތު ލިބިފައިވި ނަމަވެސް މަތީ ތައުލީމް ހޯދުމުގެ ފުރުސަތު ހަމައެކަނި ލިބިފައި އޮންނަނީ ކުދި ކޮލެޖް ތަކުންކަމަށް ވުމުން ދިވެހިންނަށް ބައިނަލްއަޤްވާމީ ޔުނިވާސިޓީއަކުން ތައުލީމު އުނގެނެން އޮތް ފުރުސަތު މަދުކަން ފާހަގަ ކޮށްލަންޖެއެވެ. މިގޮތުން ވިލާ، އެވިޑް، މެޕްސް އަދި އެތައް ކޮލެޖްތަކެއް ގައި ބައިނަލްއަޤްވާމީ ޔުނިވާސިޓީ ތަކުގެ ސެޓްފިކެޓް ލިބެން ހުރިނަމަވެސް ދިވެހިރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ދިރާސާ ޔުނިވާސިޓީތައް ގިނަކުރުން މުހިންމުކަން ފާހަގަ ކޮއްލަމެވެ.
އެހެންކަމުން މިހާތަނަށް ދިވެހިރާއްޖޭއިން މަތީ ތައުލީމަށް އެތައް ހޭދައެއް ކުރަމުން ގެންދާއިރު ދިވެހިރާއްޖޭގެ ހިއްސާއެއް އެކުލެވޭ ޔުނިވާސިޓީއަކުންވެސް އެެއްވެސް މަންފާއެއް ކޮއްފައި ނުވާއިރު މި ޔުނިވާސިޓީގެ ބޭނުން ދިވެހިރާއްޖޭގެ އެތަށް ދަރިވަރުންނަށް ވަނީ ގެއްލިގެން ގޮސްފައިއެވެ. މީގެއިތުރުން އެސްއޭޔޫގެ ބްރާންޗެއް ދިވެހިރާއްޖޭގައި ޤާއިމް ނުވުން މިއީވެސް ބޮޑު ވެއްޓުމެއްކަން ފާހަގަކޮށްލަންޖެހެއެވެ.