English Edition
Dhivehi Edition
ފެނަކަ ސްމާޓް މީޓަރ އިފްތިތާޙު ކޮށްދެއްވުން/ފޮޓޯ ރައީސް އޮފީސް

ފެނަކަ ކޯޕަރޭޝަނުން ސްމާޓް މީޓަރުގެ ހިދުމަތް ތައާރަފުކޮށް އެޚިދުމަތް ދޭން ފަށައިފިއެވެ.

މި ހިދުމަތުގެ ފެށުން އިޢުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގއ. އަތޮޅުގެ 3 ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގއ. މާމެންދޫ އަށް ވަޑައިގެން އެރަށުގެ އައު އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފެނަކައިގެ ޚިދުމަތްތަކަށް ޒަމާނީ ބަދަލު ގެނެސް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ތައާރަފުކުރި މި ޚިދުމަތާއެކު ގޭބިސީތަކުގައި ކަރަންޓު ބޭނުން ކުރާމިންވަރު ފަސޭހަކަމާއެކު އަންދާޒާކޮށް ބަލާލެވޭނެއެވެ.

ސްމާޓް މީޓަރަކީ ކަރަންޓު ބޭނުން ކުރަމުންދާ ގޮތުގެ ތަފްސީލު ވަގުތުން ވަގުތަށް ބަލާލެވި، ކަރަންޓު މިންކުރެވޭ ޓެކްނޮލޮޖީ އެކެވެ. ފެނަކަ ކޯޕަރޭޝަނުން ގެންދަވަނީ ސްމާޓް މީޓަރާ ގުޅޭ އިތުރު މަޢުލޫމާތުތައް އެކޯޕަރޭޝަންގެ އެޕްލިކޭޝަން މެދުވެރިކޮށް ޢާންމު ކުރައްވަމުންނެވެ. ސްމާޓް މީޓަރުގެ ސަބަބުން ކަރަންޓް ބޭނުންކުރާ މިންވަރު ކޮންޓްރޯލު ކުރަން ފަސޭހަވެ ކަރަންޓު އިސްރާފު ކުރުން މަދު ކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ.