English Edition
Dhivehi Edition

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައިވަނީ ދިރާގު 2023 ކަލަންޑަރު – #InspiredConnections ލޯންޗުކޮށްފު އެވެ.

އެ ކުންފުނީގެ 2023 ވަނަ އަހަރުގެ ކަލަންޑަރުން ދައްކުވައިދެނީ ތަފާތު ބާރަ މީހެއްގެ ވާހަކަ އެވެ. މިއިން ކޮންމެ ވާހަކައެއްވެސް ދައްކުވައިދީފައިވަނީ ތަފާތު ކުލަގަދަ ކުރެހުންތަކަކާއި މިއުޒިކާ އެކު އޭ.އާރް (އޮގްމެންޓެޑް ރިއަލިޓީ) މެދުވެރިކޮށެވެ.

މި ކަލަންޑަރު ބިނާކުރެވިފައިވާނީ ތިމާވެއްޓާއި، ބަހާއި އަތްތެރި މަސައްކަތާއި މިއުޒިކް، މި ހަތަރު މައުޟޫއަށެވެ. ކަލަންޑަރުގައި ހިމަނާފައިވާ ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް ނޭނގި، ނަމަވެސް ކޮންމެވެސް ގޮތަކުން އެމީހެއްގެ ދާއިރާއިން ގުޅިފައިވާ މީހުން ނެވެ.

ދިރާގުގެ ޑައިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ “އަޅުގަނޑުމެންނަކީ ދިވެހިރާއްޖޭގެ ގުޅުން. އެގޮތުން މި ކަލަންޑަރުގެ ޒަރިއްޔާއިން އަޅުގަނޑުމެން ފާހަގަކޮށް އަގުވަޒަންކުރަން ބޭނުންވަނީ ރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް ގުޅިފައިވާ ހައިރާންކކުރުވަނިވި ގޮތްތައް.” ކަމަށެވެ.

އެހެންކަމުން ދިރާގު 2023 ގެ ކަލަންޑަރުގެ ޒަރިއްޔާއިން އުއްމީދު ކުރަނީ މި ބާރަ މީހުންނެކޭ އެއްފަދައިން ކުރިއަށް އޮތް ޖީލުތައް ވެސް އީޖާދީ ކަންތައްތައް ހާސިލްކުރުމަށާއި އައު ގުޅުންތައް ގާއިމުކުރުމަށް ހިތްވަރު ލިބިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

2023 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމަނާފައިވާ މީހުންގެ ވާހަކަތައް ކޮންމެ މަހެއްގެ ޚާއްސަ ސަފްހާގައިވާ ސްނެޕްޗެޓް ކޯޑް ސްކޭންކޮށްލައިގެން ތަޖުރިބާކޮށްލެވޭނެ އެވެ.

ދިރާގުން މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަށްވެސް ގުޅުވާލަދީ، އެފަރާތްތަކުގެ އަގު ވަޒަންކުރުމަށެވެ.

 

ޓެގު