English Edition
Dhivehi Edition

ފުވައްމުލަކުގައި ވޯލްޑް ކަޕްގެ ފައިނަލް މެޗު ބަލަން ދިޔަ މީހުންގެ ތެރެއިން، ނަސީބުން ހޮވުނު ފަރާތަށް ނައިބު ރައީސް ފައިސަލް ނަސީމް، އުމްރާ ދަތުރެއް ދެއްވައިފިއެވެ.

އިނާމެއްގެ ގޮތުގައި، ނައިބު ރައީސް ހުށަހެއްޅުވި އުމްރާ ދަތުރު ލިބިފައިވަނީ އުމުރުން އަށް އަހަރުގެ ރާނިއާ އަބްދުﷲ އަށެވެ.

މެޗު ބަލަން ދިޔަ މީހުންގެ ތެރެއިން ނަސީބުވެރިން ހޮވާފައި ވަނީ ފުރަތަމަ ހާފުން ފެށިގެން މެޗު ބަލަން ހޯލުގައި ތިބި މީހުންގެ މެދުގައި ގުރުއަތު ލައިގެންނެވެ. މި އުމްރާ ދަތުރުގެ އިތުރުންވެސް ގުރުއަތުން ހޮވުނު ފަރާތްތަކަށް ވަނީ އިނާމްތައް ދީފައެވެ. މި ގޮތުން އެލްމޮބައިލްގެ ފަރާތުން ހުށަހަޅާފައިވާ އައިޕެޑަކާއި، ދަމާސްގެ ފަރާތުން ދޭ ސޯފާ ސެޓެއްގެ އިތުރުން އިނާ މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ދުބާއީ ދަތުރެއްގެ އިތުރުން އެޗްޑީޓީވީއެއްވެސް ވަނީ އިނާމެއްގެ ގޮތުގައި ދީފައެވެ. ހިމެނެއެވެ.

ފީފާ ވޯލްޑްކަޕްގެ ފައިނަލް މެޗު ނައިބު ރައީސް ބައްލަވާލެއްވީ ފުވައްމުލައް ސިޓީގެ ރައްޔިތުންނާއެކުގައެވެ. ނައިބު ރައީސް އިސްވެ ހުންނަވައި، ފައިނަލް މެޗު ބެލުމަށް ހަމަޖައްސަވާފައި ވަނީ ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލްގައެވެ. ފައިނަލް މެޗު ބެލުމަށް 600 އަށް ވުރެ ގިނަ މީހުން ދިޔަ އިރު މިކަން އިންތިޒާމުކުރު ފަރާތުން ބުނީ ފުވައްމުލަކު ރައްޔިތުންގެ ފަރާތުން އެކަމަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.