English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި އެވެ.

ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ހަދިޔާކުރެވެނު އާލާތްތަކަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެކެވެ.

ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާ އެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 260 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ތަކެތި ހަދިޔާ ކުރެވުނު ސްކޫލްތަކަކީ:

  1. މުލަކު ސްކޫލް، މ. މުލައް
  2. މަރަދޫ ސްކޫލް، ސ. މަރަދޫ
  3. މާވަށު ސްކޫލް، ލ. މާވަށް
  4. ވޭމަންޑޫ ސްކޫލް، ތ. ވޭމަންޑޫ
  5. ގއ. އެޑިއުކޭޝަން ސެންޓަރ، ގއ. ވިލިގިނލި
  6. ތ. އަތޮޅު އެޑިއުކޭޝަން ސެންޓަރ، ތ. ތިމަރަފުށި
  7. ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
  8. ހދ. އަތޮޅު ސްކޫލް، ހދ. ވައިކަރަދޫ
  9. ނ. އަތޮޅު އެޑިއުކޭޝަން ސެންޓަރ، ނ. ވެލިދޫ
  10. ނޮޅިވަރަންފަރު ސްކޫލް، ހދ. ނޮޅިވަރަންފަރު

މިވޭތުވެދިޔަ ތިން އަހަރު ތެރޭ ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ 30 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.