English Edition
Dhivehi Edition

މޯލްޑިވް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ކަމަށް ޕީއެސްއެމްގެ އަހްމަދު މުސްތަފާ (މުސްތޮ) ހޮވައިފިއެވެ.

މި މަގާމަށް މުސްތޮ އާއި ވާދަކޮށްފައިވަނީ އާފަތިސް އޮންލައިންގެ އަލީ ނިޝާންއެވެ. މި މަގާމަށް މުސްތޮ އިންތިހާބުވީ ނުވަ މެންބަރުންގެ ވޯޓުންނެވެ. ނިޝާންއަށް ލިބުނީ ދެ ވޯޓެވެ.

އެމްއެމްސީގެ ނައިބް ރައީސް ކަަމަށް ވަގުތުގެ ޑެޕިއުޓީ އެޑިޓަރ ހުސައިން ޝަރީފް ހޮވުނު އިރު އޭނާއަށް ލިބިފައިވަނީ ހަތް ވޯޓެވެ. މި މަގާމަށް ހުސައިން އާއި އެކު ވާދަކޮށްފައިވަނީ ވަން އޮންލައިންގެ މުހައްމަދު ސިމާއު އާއި އަމިއްލަ މެންބަރު އަހްމަދު އަމީނު މުހައްމަދެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރިއަށް އޮތް ދައުރަށް މީޑިއާތަކުން އިންތިހާބުވި މެމްބަރުންނަކީ

  • ހުސައިން ޝަރީފް ، ނައިޓްހައުސް، ސ. ހިތަދޫ – ވަގުތު އޮންލައިން
  • މޫސާ ރަޝީދު، ހ. ވިޝަން، މާލެ – މިހާރު އޮންލައިން
  • އަހްމަދު އާޒިފު، ކެތި، ގއ. ގެމަނަފުށި – ސަން އޮންލައިން
  • މުހައްމަދު ސިމާއު، ވ. ސިނަމާލެ 4 3-06 – ވަން އޮންލައިން
  • މުހައްމަދު އަފްރާޙް، ބާދަލް، ބ. މާޅޮސް – ތިލަދުން
  • އަހުމަދު މުސްތަފާ، ދަފްތަރު ނަންބަރު ރސ 8518 – ޕަބްލިކް ސާވިސް މީޑިއާ
  • އަލީ ނިޝާން، ކޫލްގްރާސް، މާލެ – އާފަތިސް އޮންލައިން