English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް - ފޮޓޯ: ލަވް، އޮނަރ އެންޑް ރެސްޕެކްޓް

ރާއްޖޭގެ ދެކުނުގެ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ދެކުނު ޕޮލިސް ރީޖަން ( ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 7 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން 41 އަހަރު ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 8 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެ މީހާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ މިހާރު ފުލުހުން ތަހުގީގުކުރަމުން އަންނައިރު ‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާގޮތުން މި ހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީގައެވެ. އަދި ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެ ކުއްޖާ އާއި އާއިލީ ގޮތުން ގާތް ގުޅުމެއް އޮންނަ މީހެކެވެ.