English Edition
Dhivehi Edition

އެމްއެންޑީއެފްގެ މެރިންކޯގެ ތަމްރީންތަކެއް އައްޑޫ ސިޓީގައި ފަށައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ ސިފައިން ހަތިޔާރާއެކު ކުރިއަށް އޮތް ފަސް މަސް ދުވަހު ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އެ ތަމްރީންތައް އެ ސިޓީގެ ހުރިހާ އަވަށެއްގައި ވެސް ކުރިއަށް ދާނެ ކަމަށެވެ.

މި ތަމްރީންތައް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މެރިންކޯގެ މި ތަމްރީންތަކެއް ކުރިއަށް މި ގެންދަނީ މިހާތަނަށް ރާއްޖޭގައި ދޭން އުޅުނު އެންމެ ވަރުގަދަ ޓެރަރިސްޓު ހަމަލާ ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ސަލާމަތީ ބާރުތަކުން އިއުލާނު ކޮށްފައި ވަނިކޮށެވެ. އެ ހަމަލާ ނާކާމިޔާބުކޮށްލަން ނޮވެމްބަރު 12، އިން ފެށިގެން އައްޑޫ އާއި މާލެ އާއި ކަނޑުގެ ބައެއް ސަރަހައްދުތަކުގައި ސަލާމަތީބާރުތަކުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. މި އޮޕަރޭޝަނެއްގައި 13 މީހަކު ހައްޔަރު ކުރިއިރު، މިއީ އައްޑޫ ސިޓީގައި ދިރިއުޅޭ މީހުން ނެވެ.

ދޭތެރެ ދޭތެރެއިން ހަތިޔާރާ އެކު ސިފައިން މާލެއާއި މީހުން އުޅޭ ބައެއް ރަށްރަށުގައި ވެސް ތަމްރީން ކުރިއަށް ގެންގޮސްފައި އެބަ ހުއްޓެވެ. އެގޮތުން ތ އަތޮޅާއި އައްޑޫ ސިޓީގެ ރަށްރަށުގައި މިއަހަރު ކުރީ ކޮޅު ވެސް ވަނީ ސިފައިން ހަތިޔާރާ އެކީ ތަމްރީން ތަކެއް ކުރިއަށް ގެންގޮސްފަ އެވެ.