English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން މީހަކު ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބ.ތުޅާދޫ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތުޅާދޫގައި މީހަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން އުޅުނު މައްސަލައެއް މި މަހުގެ 2 ވަނަ ދުވަހު، ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން ރޭގެ ވަގުތެއްގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ޓެގު