English Edition
Dhivehi Edition

ވިލިމާލޭގައި ހުންނަ ސިނަމާލެ ހަތަރެކުން ފްލެޓު އަމިއްލަ ކުރަން ބޭނުންވާ މީހުން ދައްކަންޖެހޭ ޖޫރިމަނާ މާފުކޮށްދީފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ފިނޭންސް މިނިސްޓްރީން މި ޖޫރިމަނާ މާފުކޮށްދީފައިވާއިރު މާލޭސިޓީ ކައުންސިލްގެ މޭޔަރު މުޙައްމަދު މުއިއްޒަށް ފޮނުވި ސިޓީއެއްގައި ވަނީ ސިނަމާލެ ހަތަރެކުން ފްލެޓު އަމިއްލަ ކުރަން ބޭނުންވާ މީހުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 540,945 ރުފިޔާއަކީ ދައުލަތަށް ނުލިބޭނެ ފައިސާއެއް ކަމަށް ކަނޑައަޅައި ދިނުމަށް ސިޓީ ކައުންސިލުން އެދިފައި ވާކަމަށެވެ.

އެ ސިޓީގައި އިތުރަށް ވަނީ ރައީސް އޮފީހުން އެކަމުގެ ހުއްދަ މިމަހުގެ 10ވަނަ ދުވަހު ދީފައިވާކަމަށެވެެ. އަދި އެ ހުއްދައާ އެއްގޮތަށް، ޖޫރިމަނާގެ ފައިސާ މަޢާފުކޮށްދިނުމަށް “ދައުލަތަށް ލިބެންޖެހޭ ފައިސާއާއި މުދާ އަނބުރާ ނުލިބޭނެކަމަށް ކަނޑައަޅާ ދޫކޮށްލުމުގައި ޢަމަލު ކުރާނެ އުސޫލު”ގައިވާ ގޮތުގެ މަތިން، ދައުލަތަށް ނުލިބޭނެ ފައިސާއެއް ކަމުގައި އެ ޖޫރިމަނާ ކަނޑައަޅާފައިވާކަމަށް މި ސިޓީގައި ވަނީ ބުނެފައެވެ.

ވިލިމާލޭގައި ހުންނަ ސިނަމާލެ ހަތަރެއް ފްލެޓްތަކުގެ އިތުރުން ސިޓީ ކައުންސިލުން ވަނީ މާލޭގައި ހުންނަ ސިނަމާލެ 1،2،3 އަދި މާލެ ހިޔާ 1،2ގެ ޖޫރިމަނާ ވެސް މަޢާފުކޮށްދިނުމަށް އެދިފައެވެ