English Edition
Dhivehi Edition

ފުވައްމުލަކު ސިޓީ ކައުންސިލް އިން އިންތިޒާމުކޮށްގެން ބާއްވާ ‘ފުވައްމުލަކު ވޮލީބޯލް ޓޯނަމެންޓް 2017’ ގެ ގުރުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިއަދު މެންދުރު ސިޓީ ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ ގުރުނެގުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ވާދަކުރާ އަންހެން އަދި ފިރިހެން ޓީމުގެ އިސް އޮފިޝަލުންވަނީ ބައިވެރިވެފައެވެ.

8 ނޮވެމްބަރ ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ހަވީރު ގަޑީގައި ފިރިހެން ޓީމުގެ މެޗުތައް އަދި ރޭގަނޑު އަންހެން ޓީމުގެ މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، ކޮންމެ ދުވަހަކުވެސް ދެ މެޗު ކުޅޭ ގޮތަށްވަނީ ހަމަޖެހިފައެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި ފުވައްމުލަކުގެ އަންހެން ތިން ޓީމުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި މުޅިން އަލަށް ބައިވެރިވާ އެމްއެންޑީފްގެ ޓީމާއި މިދިޔަ އަހަރުގެ ރަނަރަޕް މީދޫ ވޮލީ ޓީމާ އެކު ފިރިހެން ހަ ޓީމު ބައިވެރިވެފައިވާއިރު މި ދެ ޓީމަކީ މިއަހަރު ރަށުން ބޭރުން މުބާރާތުގައި ބައިވެރިވާ ދެ ޓީމެވެ.

ފުވައްމުލަކު ޔޫތު ސެންޓަރުގައި 8ވަނަ ދުވަހު ހަވީރު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އަފުން ޓީމާއި އެމްއެންޑީއެފްއެވެ. 8ވަނަ ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާ އަންހެނުންގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ދަނޑިމަގު ރަނިންގެ ގުޅުމެވެ.

މި މަހުގެ 9 ވަނަ ދުވަހު ހަވީރު މީދޫ ވޮލީ ޓީމު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ނަގަންނާމަގު (އެންޖީއެމް) އާއެވެ. މުބާރާތުގައި މީދޫ ޓީމު ކުޅޭ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 11 ނޮވެމްބަރ ގައެވެ. މި މެޗުގައި އެ ޓީމު ބައްދަލުކުރާނީ މިސްކިތްމަގު އެންމެންގެ(އެމްއީޖީ) އާއެވެ.