English Edition
Dhivehi Edition

ވޯލްޑް ކަޕް ގުރޫޕް އީގައި ރޭ ކޮސްޓަރިކާއާއި ދެކޮޅަށް ކުލުނު މެޗު ގިނަ ލަނޑުތަކެއް ޖަހައިގެން ސްޕެއިން މޮޅުވެއްޖެއެވެ.

މި މެޗުން ސްޕެއިން މޮޅުވީ ކޮސްޓަރިކާއާއި ވާދަކޮށް 0-7 ގެ ނަތީޖާއިންނެވެ.

ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސްޕޭނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، ސްޕޭނުން ލީޑު ނެގީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. މިއީ ގަވީ ދިން ޕާހަކުން ޑެނީ އޮލްމޯ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ 10 މިނެޓު ފަހުން ޖޯޑީ އަލްބާ ނަގައިދިން ހުރަހެއް ގޯލަށް ފޮނުބާލައިގެން ސްޕެއިންގެ ލީޑު ފުޅާކޮށްދިނީ މާކޯ އަސެންސިއޯއެވެ. ފުރަތަމަ ހާފުގައި ސްޕޭނުން ޖެހި ފަހު ލަނޑު ޖަހައިފައި ވަނީ ލިބުނު ޕެނަލްޓީއަކުން ފެރަން ޓޮރޭސްއެވެ.

ތިން ލަނޑުގެ ލީދަކާއި އެކު ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ސްޕޭނުން ނިންމާލިއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ މެޗުގެ 54 ވަނަ މިނެޓުގައެވެ. ސްޕެއިންގެ ފަސްވަނަ ލަނޑަކީ އަލްވާރޯ މޮރާޓާގެ އެހީތެރިކަމާއި އެކު ގަވީ ކާމިޔާބުކުރި ލަނޑެކެވެ. ސްޕެއިންގެ ހަވަނަ ލަނޑު މެޗުގެ 90 ވަނޖަ މިނެޓުގައި ޖަހައިދިނީ ކާލޯސް ސޮލާއެވެ. އެޓީމުގެ ފަހު ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލްވާރޯ މޮރާޓާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި ނަތީޖާއާއެކު ގްރޫޕް އީގައި ހިމެނޭ ޖަޕާން އަދި ސްޕެއިނަށް ވެސް ތިން ޕޮއިންޓު ލިބުނުއިރު، އެއްވަނާގައި އޮތީ ސްޕެއިނެވެ. އެތީމަށް އެއްވަނަ ލިބެނި ފައިދާ ގޯލުންނެވެ. މެޗުން ބަލިވި ކޮސްޓަރިކާ އަދި ޖަޕާން އަތުން ބަލިވި ޖަރުމަނަށް ޕޮއިންޓެއް ނުލިބެއެވެ.