English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕްގައި ކްރޮއޭޝިޔާއާއި މޮރޯކޯ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މި ދެތީމު ބައްދަލުކުރި މެޗު އެއްވަރުވެފައި ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އޮވެއެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ކްރޮއޭޝިޔާ ޓީމުންނެވެ. ނަމަވެސް އެތީމަށް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވޭ ގޮތެއް ނުވިއެވެ. މި މެޗުގައި މޮރޮކޯއިން ރަނގަޅަށް ޑިފެންސްކުރަމުން ދިޔައިރު، ކްރޮއޭޝިއާއަށް ވަނީ ފުރުސަތު ތަނަވަސް ކުރުމަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައެވެ.

ދެޓީމަށްވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނީ މެޗުގެ ފަހު ހާފުގައެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކްރޮއޭޝިޔާގެ ލުކަ މޮޑްރިޗްއަށެވެ. ނަމަވެސް އޭރިއާ ބޭރުން މޮޑްރިޗް ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އަދި މޮރޮކޯގެ އަސްރަފް ހަކީމީ އޭރިޔާ ބޭރުން ފޮނުވާލި ބާރުޔ ހަމަލާ ކްރޮއޭޝިއާގެ ކީޕަރު މަތަކުރިއެވެ.