English Edition
Dhivehi Edition

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ އޭނާ ކުޅެމުން އައި ކުލަބު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލައިފިއެވެ.

މެންޗެސްޓާ ޔުނައިޓެޑުން މިރޭ ނެރުނު އެ ކުލަބުގެ ބަޔާނުގައި ބުނެފައިވަނީ ކުލަބާއި ރޮނާލްޑޯ އާއި ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު ދެފަރާތުގެ އެއްބަސްވުމާއި އެކު ރޮނާލްޑޯ އާއި ޔުނައިޓެޑާއި ދެމެދު ހެދިފައިވާ އެއްބަސްވުން މިހާރުން މިހާރަށް ބާތިލް ކޮށްފައިވާ ކަމަށެވެ.

އިތުރަށް ޔުނައިޓެޑުގެ ބަޔާނުގައި ބުނެފައިވަނީ ދެ ފަހަރެއްގެ މަތިން ކްލަބަށް ކުޅެ، 346 މެޗުން 145 ލަނޑު ޖަހާ، ކްލަބަށް ކޮށްދިން އަގު ނުކުރެވޭފަދަ ޚިދުމަތަށް ޝުކުރު އަދާކުރާ ކަމަށާއި އަދި ރޮނާލްޑޯ އަށާއި އޭނާގެ އާއިލާއަށް ހެޔޮ މުސްތަގުބަލަކަށް އެދޭކަމަށެވެ.

“ދެ ފަހަރެއްގެ މަތިން ކްލަބަށް ކުޅެ، 346 މެޗުން 145 ލަނޑު ޖަހާ، ކްލަބަށް ކޮށްދިން އަގު ނުކުރެވޭފަދަ ޚިދުމަތަށް ޝުކުރު އަދާކުރަން. އަދި ރޮނާލްޑޯ އަށާއި އޭނާގެ އާއިލާއަށް ހެޔޮ މުސްތަގުބަލަކަށް އެދެން” ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޔުނައިޓެޑުން ރޮނާލްޑޯގެ އެއްބަސްވުން ބާތިލް ކުރިއިރު، ރޮނާލްޑޯ އެ ކުލަބާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖުލައިމުގެ ނިޔަލަށެވެ. ނަމަވެސް ރޮނާލްޑޯ އާއި ޔުނައިޓެޑާއި ދެމެދު އޮތް ގުޅުން ގޯސްވެ މީޑިއާއަށް ދިން އިންތަވިއުއަށް ފަހު ކުލަބުން ރޮނާލްޑޯ ދޫކޮސްލަން ނިންމީއެވެ.