English Edition
Dhivehi Edition

ގއ. ވިލިނގިލި މުދާލައިފައިހުރި ގުދަނެއްގެ ފުރާޅުން ޓިނު ވަގަށް ނެގި މައްސަލާގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ޕީޖީ އިން ދޫކޮށްލައިފިއެވެ.

މި ދިޔަ ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހެއްގެ ވަގުތެއްގައި ގއ. ވިލިނގިލި ހިއްކި ސަރަހައްދުގައި ހުރި ގުދަނެއްގެ ފުރާޅުން ޓިނު ވަގަށް ނެގި މައްސަލާގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ބަންދާއި މެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރިޢަތް ނިމެންދެން ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

ގުދަނެއްގެ ފުރާޅުން ޓިނު ވަގަށް ނެގި މީހަކު ޝަރީޢަތް ނިންމެންދެން ބަންދަށް!

މި މައްސަލާގައި އެންމެ ފަހުގެ އަޕްޑޭޓް ހޯދުމަށް އޭއޯ ނިއުސް ޓީމުން ޕޮލިސް މީޑިޔާގައި ސުވާލުކުރުމުން، ޕޮލިސް މީޑިޔާގެ އޮފިޝަލަކު ވިދާޅުވީ، ގުދަނުގެ ބެލެނިވެރި ފަރާތެއް ސާފުނުވާތީ ދައުވާ ނުކުރުމަށް ނިންމައި މީހާ ދޫކޮށްފައިވާ ކަމަށެވެ. “މައްސަލާގެ ތަހުޤީޤު ނިންމައި ދައުވާކުރުމަށް ޕީޖީ އަށް ފޮނުވުމުން، ގުދަނުގެ ބެލެނިވެރިފަރާތެއް ސާފު ނުވާތީ، މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމައި ޕީޖީ އިން މީހާ ވަނީ ދޫކޮށްލާފައި”. ޕޮލިސް މީޑިޔާއިން ވަނީ ބުނެފައެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ މީހާއަކީ ވައްކަމާއި މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ ރެކޯޑް އޮންނަ މީހެކެވެ.