English Edition
Dhivehi Edition

މި ދުވަސްވަރު، އައްޑޫ ސިޓީގައި ހޭންޑް ފުޓް އެންޑް މައުތް ބަލި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު މި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ

ހޭންޑް ފުޓް އެންޑް މައުތް އާންމުކޮށް ޖެހެނީ އުމުރުން އެއް އަހަރާއި ފަސް އަހަރާ ދެމެދުގެ ކުދިންނަށެވެ. މި ބަލި ފަސޭހަވުމަށް އާންމުކޮށް ނަގާ މުއްދަތަކީ 7 ނުވަތަ 10 ދުވަހެވެ.

މި ބަލިޖެހެނީ ކިހިނެތް؟

މި ބަލިޖެހެނީ ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ނަޖިސް އަދި ހަމުގައިނަގާފޮޅުން ނިކުންނަ ދިޔައިންނެވެ.

ބަލީގެ އަލާމަތްތަކަކީ ކޮބާ؟

މި ބަލިޖެހުމުން އެންމެ ފުރަތަމަ ފެންނަ އަލާމަތްތަކަކީ ހުން އައުމާއި، ކާހިތްނުވުމާއި، ވަރުބަލިވުމާއި އަދި ގައިގަ ރިއްސުމުގެ އިތުރުން ކަރުތެރެ ފާރުވުން ފަދަ ކަންތައްތަކެވެ. އަދި ދޫ އަދި އަގައިގެ ތެރޭގައި ފެންބިހިތަކެއް ނަގައި ފޮޅުތަކަށް ބަދަލުވުމުގެ އިތުރުން އަތާއި ފައިތިލައިގައި ރަތް ކުލައިގެ ފެން ބިހިތަކެއް ނެގުމަކީ ހޭންޑް ފުޓް އެންޑް މައުތް ގެ އަލާމަތްތަކެވެ.

ބަލިން ރައްކާތެރިވާނީ ކިހިނެތް؟

  • ބަލި ޖެހިފައިވާ ކުދިން ސްކޫލަށް ނުފޮނުވުމާއި، ބަލިޖެހިފައިވާ ކުދިން ގޭގައި އުޅޭ އެހެން ކުދިންނާއި ވަކިން ގެންގުޅުން އަދި މީހުން އެއްވާ ތަންތަނަށް ނުގެންދިއުން.
  • ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮންނަން އާދަކުރުވުން
  • ކުޅޭ ސާމާނާއި ދޮރުގެ އަތްގަނޑު ފަދަ ގިނައިން އަތްލާ ތަންތަން ރަނގަޅަށް ސާފުކުރުން
  • ބަލި ޖެހުމުން ހަފްތާއަކަށް ސުކޫލަށް ނުފޮނުވުން
  • ހުރިހާ ސުކޫލެއްގައިވެސް ސައިބޯނިން އަތް ދޮވެވޭގޮތަށް އިންތިޒާމްކުރުން
  • އަވަހަށް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދުން