English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫގައި ކުރިއަށް ދިޔަ “ރަސްރަނި ނެޓްބޯޅަ ޗެލެންޖް”ގެ ޗެމްޕިއަންކަން ހުޅުދޫ ޔޫތް ފެލްކޯން އިން ހޯދައިފިއެވެ.

މިއަދު ހަވީރު ހުޅުދޫ ރަސްމީ ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ފެނަކަ ކޯޕަރޭޝަންގެ ޓީމާއި ބައްދަލުކޮށް ހުޅުދޫ ޔޫތުން މި މުބާރާތް ކާމިޔާބުކުރީ 28 ޕޮއިންޓު 27 ޕޮޓުންނެވެ. މި މެޗުގެ ފުރަތަމަ ހާފްގައި ހުޅުދޫ ޔޫތުން 7 ޝޫޓްކޮށްފައިވާއިރު ފެނަކައަށް ކުރެވިފައިވަނީ 5 ޝޫޓެވެ. މެޗުގެ ދެވަނަ ހާފްގައި ފެނަކައިން އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަގަޅުކުރިއިރު އެ ހާފް ނިމުނީ 13-13 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ތިންވަނަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަކުޅުމެއް ފެނިގެން ދިޔައިރު އެ ހާފް ނިމުނީ 20-20 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ ހަތަރުވަނަ ހާފްގައި ދެ ޓީމުންވެސް، މޮޅުވުމަށް މަސައްކަތްކުރަމުން ދިޔަ އިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ހުޅުދޫ ޔޫތު ފެލްކޯން އިން އިތުރު ޝޫޓެއްކޮށް އެއް ޕޮއިންޓްގެ ތަފާތަކުން މެޗު ވަނީ ކާމިޔާބުކޮށްފައެވެ.

މިއަދުގެ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުޅުދޫ ޔޫތު ފެލްކޯން ގެ އައިޝަތު ސާއިންނެވެ.