English Edition
Dhivehi Edition

މީގެ ތިން މަހެއްހާ ދުވަސް ކުރިން، ޝެއިން އިން ރާއްޖެއަށް ހިލޭ ޝިޕް ކުރުން ހުއްޓާލުމަށްފަހު އަނެއްކާވެސް ފްރީ ޝިޕިންގ ކުރެވޭ ގޮތަށް ހަދައިފިއެވެ.

ޝެއިން އިން ރާއްޖެއަށް މުދާ ގެންނައިރު ކުރިން އޮންނަނީ 200 ޑޮލަރަށް ވުރެ ގިނައިން ގަންނަ ނަމަ، ހިލޭ ޝިޕްކޮށްދޭ ގޮތަށެވެ. މީގެ ކުރިން ޝެއިން އިން ހިލޭ ޝިޕް ކުރެވޭ ގޮތަށް އޮތް ނަމަވެސް އެކަން ވަނީ ފަހުން ބަދަލުކޮށްފައެވެ. އަދި އެންމެ އައިޓަމެއް ޝިޕްކުރުމަށް ވެސް 30 ޑޮލަރު ނެގުމަށް ނިންމިއިރު ޝިޕިންގ ފީ ނަގަން ފެށީ ސީދާ ކޮން ސަބަބަކާ ހެދިކަން ޝެއިން އިން ހާމަކޮށްފައެއް ނުވެއެވެ.

ޝެއިން އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އަލުން ރާއްޖެއަށް ހިލޭ ޝިޕް ކުރަން ފަށާފައިވާކަން ހާމަކޮށްފައެވެ. މި ގޮތުން ޝެއިން އެޕް މެދުވެރިކޮށް 250 ޑޮލަރަށްވުރެ މަތިން އޯޑަރު ތަކަށް ހިލޭ ޝިޕް ކުރާނެކަމަށް ޝެއިން އިން ވަނީ ބުނެފައެވެ. އަދި 250 ޑޮލަރަށްވުރެ މަދުން ވިޔަފާރި ކުރާނަމަ ޝިޕިންގ ޗާޖްގެ ގޮތުގައި 24 ޑޮލަރު ޗާޖް ކުރާނެ ކަމަށްވެސް ޝެއިން އިން ވަނީ ބުނެފައެވެ،

ޗައިނާގެ ޝެއިން އިން އަގު ހެޔޮކޮށް އެއްޗެހި ގެނެސް އޭގެއިން ވިޔަފާރި ކުރާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ހިލޭ ޝިޕިންގ ހުއްޓާލުމާއެކު ދިވެހިން ޝެއިން އިން ކުރާ ވިޔަފާރި ވަނީ ވަރަށް ބޮޑު ތަނުން ދަށަށް ގޮސްފައެވެ.

ޓެގު